ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ފުރަތަމަ ޖުވެނައިލް ހާފްވޭހައުސް ރައީސް ހުޅުވައިދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ފުރަތަމަ ޖުވެނައިލް ހާފްވޭހައުސް ހޯރަފުށީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ގާއިމްކޮށްފައިވާ ތަނެކެވެ. ހޯރަފުށީގައި ހާފްވޭހައުސް އަޅަން ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮކްޓޯބަރުގެ ތެރޭގައެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލު ކުރީ 6.1 މިލިއަން ރުފިޔާއަށެވެ.

ހޯމް މިނިސްޓްރީން ބުނެފައި ވަނީ ހޯރަފުށީގައި ގާއިމުކޮށްފައިވާ ހާފްވޭހައުސްއަކީ އަތޮޅުތެރޭގައި ގާއިމު ކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓްކަމަށާއި އެ ތަން ބަލަހައްޓާނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ކަމަށެވެ.

ހާފްވޭ ހައުސްގައި އެކި ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާއި ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދޭނެކަން ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅި، ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ހެދުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމަކަށްވުމުން ދިރާސާ ހެދުމުގެ މަސައްކަތްވެސް ޑީޖޭޖޭއިން މިހާރު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޖިނާޢީ ކުށެއް ކޮށްގެން ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: