ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިޔާގެ ވަގުތީ ރައީސްގެ މަގާމަށް އަލް ޝަރާ އައްޔަނުކޮށްފި

ސީރިޔާގެ އައު ލީޑަރު އަލް ޝަރާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލި އެޗްޓީއެސް ޖަމާއަތުގެ އިސްވެރިޔާ އަހުމަދު އަލް ޝަރާ އެ ގައުމުގެ ރައީސްކަމަށް އައްޔަނުކޮށްފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އެޗްޓީއެސް ޖަމާއަތުންވަނީ ސީރިޔާގެ ގާނޫނު ހަދާ މަޖިލީސް އުވާލުމަށްފަހު އެ ގައުމުގެ އަސްކަރިއްޔާވެސް ރޫޅާލާފައެވެ. އަދި އެއަށްފަހު އެ ގައުމުގެ ރައީސްގެ މަގާމަށް އަލް ޝަރާ އައްޔަނުކޮށްފައިވާއިރު މިއީ ސިޔާސީ މަސައްކަތްތަކަށް ޖާގަ ހެދުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް ރިޕޯޓުތަކުގައިވެއެވެ. ދާދި ފަހުން އެކި ގައުމުތަކުންވަނީ ސީރިޔާއަށް ޒިޔާރަތްކޮށް އަލް ޝަރާ އާއިއެކު ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައެވެ.

އެ ޖަމާއަތުން ކޮށްފައިވާ އިތުރު މަސައްކަތްތަކަށް ބަލާއިރު 2012 ވަނަ އަހަރު ވުޖޫދަށް ގެނެސްފައިވާ ގާނޫނުއަސާސީ ބާތިލުކޮށްލުމާއި ބައްޝާރު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އުވާލުން ފާހަގަކޮށްލެވެއެވެ. އެ ޖަމާއަތުގެ ފަރާތުން ނެރުނު ބަޔާނެއްގައި ކޮމާންޑަރެއްގެ ހައިސިއްޔަތުގައި ހުންނަވާ ހަސަން އަބްދުލްގަނީ ވަނީ އިންތިގާލީ މަރުހަލާގައި އަލް ޝަރާ ރައީސްކަމުގެ މަގާމު އަދާކުރައްވާނެކަން ހާމަކުރައްވާފައެވެ. ނަމަވެސް އެ މަރުހަލާ ދިގު ދެމިގެންދާނެ މުއްދަތު ހާމަކުރައްވާފައިނުވާކަން ނޫސްތަކުން ފާހަގަކުރެއެވެ.

އެޗްޓީއެސްގެ އިސްވެރިޔާ އަދި މިހާރު ސީރިޔާގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި އަލް ޝަރާ ވަގުތީގޮތުން ގާނޫނުއަސާސީ އެކުލަވާލުމަށްޓަކައި މަޖިލީހެއްވެސް އެކުލަވާލާނެއިރު އިންތިހާބުތަކާއި ގާނުނުއަސާސީ ފަރުމާކޮށް ނިންމުމަށްވެސް ތާރީހުތަކެއް ކަނޑައަޅާފައިނުވެއެވެ. ބައްޝާރުގެ ވެރިކަން ވެއްޓިގެންދިއުމަށްފަހުވެސް އެ ގައުމު އޮތީ ނާޒުކު ހާލަތެއްގައިކަމަށް ރިޕޯޓުތަކުން ބުނާއިރު އަދިވެސް ހަމަލާ ބަދަލުކުރުންތައް ފެނިގެންދާކަންވެސް ހިއްސާކުރެއެވެ. އެޗްޓީއެސްއިން އެ ގައުމުގައި އަމާންކަން ގާއިމުކުރުމަށްޓަކައި ވައުދުވެފައިވާއިރު ގިނަ އަދަދެއްގެ ހަތިޔާރު އެޅި ޖަމާއަތްތައް ހަރަކާތްތެރިވާކަމަށްވުމުން އެކަމުގައި ހުރަސްތައް ކުރިމަތިވެއެވެ.

އެޗްޓީއެސްއިންވަނީ މިފަހުން އެކި ޖަމާއަތްތަކާއިއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިކަމަށްވާއިރު މައިގަނޑު ގޮތެއްގައި އެދެމުންދަނީ ޑިފެންސް މިނިސްޓްރީގެ ނަމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށެވެ. އެ ޖަމާއަތުންވަނީ އެ ފިޔަވަޅަކީ ގައުމުގެ ހާލަތު ރަނގަޅުކުރުމަށް ކޮންމެހެންވެސް ބޭނުންތެރި ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައިކަމަށްވާއިރު ބައްޝާރުގެ ސަރުކާރުގައި މަސައްކަތްކުރި ހަތިޔާރު އެޅި ހުރިހާ ފަރާތްތަކަށް އެތަކެތި ހަވާލުކޮށް އައު ސަރުކާރަށް ބައިއަތު ހިފުމަށް އަންގާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: