ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އުފެދުނު އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ޕީޕީއެމް އުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުފެދުނު އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް (ޕީޕީއެމް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، މިއަދުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.

ޕީޕީއެމަކީ ރާއްޖޭގައި ސިޔާސީ ބޮޑު ތާރީހެއް އޮތް ޕާޓީއަކަށްވާއިރު، އެ ޕާޓީ އުފައްދާފައި ވަނީ ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ފެކްޝަންތަކަށް ފަހު ރައީސް މައުމޫން އަބްދުލްޣައްޔޫމެވެ.

2011 އޮކްޓޯބަރުގައި ޕީޕީއެމް ރެޖިސްޓްރީ ކުރުމަށް ފަހު ޕާޓީގެ ލީޑާޝިޕާއި ހަވާލުވެ ހުންނެވީ ރައީސް މައުމޫނެވެ. އަދި އެއަށް ފަހު 2013 ގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަކޮށް ވެރިކަމަށް ވަޑައިގަތެވެ. އެހެން ނަމަވެސް އެތެރޭގައި އަނެއްކާވެސް ޖެހުނު މައްސަލަތަކާއި އެކު ރައީސް ޔާމީން ޕީޕީއެމްގެ ބާރުތައް ނެންގެވީއެވެ.

އޭގެ ފަހުން 2018 ގައި ވެރިިކަން ކާމިޔާބު ނުވުމުން، ރައީސް ޔާމީން ޕީއެންސީ އުފެއްދެވީ ރައީސް މައުމޫނަށް އެ ޕާޓީ ލިބިވަޑައިގެންފާނެކަމަށް ބެލެވޭ ހާލަތްތަކާއި ހުރެއެވެ. 2023 ގައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ޕީޕިއެމްގެ ޓިކެޓުގައި ވާދަ ނުކުރެވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: