ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހެއް ފަރުމާކުރުމުގެ އެއްބަސްވުމެއްގައި އެންވަރޮމެންޓް މިނިސްޓްރީން ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހެއް ފަރުމާކުރުމާއި މި ކޯހުގެ ތަމްރީނުތައްދިނުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ސޮއިކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޑރ. އައިޝަތް ޝެހެނާޒް އާދަމެވެ.

އެންދެރި މަޝްރޫޢުގެ ދަށުން ވެވުނު މި އެއްބަސްވުމުގެ މަޤުޞަދަކީ ރާއްޖޭގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ހާއްސަ ސިފަތަކަށް ބައްޓަންކޮއްގެން ކޯހެއް ފަރުމާކޮށް، ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނެ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި ރޭންޖަރުންތަކެއް އުފެއްދުމެވެ.

ފުރަތަމަ ބުރު ލާމު އަތޮޅަށް ހާއްޞަކޮށްގެން ހިންގާ މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢި ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭނެއެވެ. މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ނިޔަމި 2 ކޯހުގެ ސެޓްފިކެޓް ލިބޭނެއެވެ.

އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން ބިލްޑިންގްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކްލައިމެޓް ޗޭންޖް މިނިސްޓްރީއާއި ޤައުމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ދަށުން ހިންގާ ކޮލެޖް ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: