ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން ޕްރޮޖެކްޓުތައް ހަވާލުކޮށްފައި ހުރި ގޮތުން، އެއްވެސް މަސައްކަތެއް އެއްކޮށް ނިންމާ ނުލެވޭ: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ހުރިގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސް އެއްކޮށް ނިންމާނުލެވޭކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުލިގަމުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ މައްސަލައަކީ މިއަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައިވެސް އެއްކޮށް ހައްލުކޮށް ނިންމާލުމަށް ސަރުކާރުން ގަސްތުކޮށްފައި އޮތްކަމެއް ކަމަށެވެ. އަދި އެކި ރަށުގައި އެ ދާއިރާއިން އެކި މައްސަލަތައް ފާހަގަކުރެއްވޭކަމަށާއި އުލިގަމުގައި އޮތް މައްސަލައަކީ އަތޮޅުގެ ގިނަ ރަށްތަކުގައިވެސް ފެނިގެންދާ މައްސަލަކަން ހިއްސާކުރެއްވިއެވެ.

ރައީށް ވިދާޅުވީ، ނިިމިދިޔަ ސަރުކާރުންވަނީ ބޭރުގެ ފަންޑެއް ލިބުމުން 21 ރަށެއްގެ މަސައްކަތްތައް ބަޔަކާއި ހަވާލުކޮށްފައިކަމަށެވެ. އަދި އުލިގަންވެސް ހިމެނެނީ އެ ރަށްތަކުގެ ތެރޭގައިކަމަށާއި މަސައްކަތްތައް ކުރިއަށް ގޮސްފައިނުވާކަމަށް އިޝާރާތްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުންވަނީ އެ މައްސަލައަށް ހައްލެއް ހޯދާފައިކަމަށާއި އަމަލީ މަސައްކަތްތައް ފަށްޓަވައިދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ، މަސައްކަތްތައް ހަވާލުކޮށްފައިވާ ކުންފުނީގެ އަތުން ނެގުމަށްފަހު އެހެން ބަޔަކާއި ހަވާލުކޮށްގެން ނުވަތަ އެހެން ގޮތަކަށް ނަމަވެސް އޮންނަ އުސޫލެއްގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ. ރައީސް ވިދާޅުވީ، އެއީ ބޭރުން ފަންޑުކޮށްފައިވާ ޕްރޮޖެކްޓެއްކަމަށްވުމުން ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިފައިވާ ޕްރޮކިއަރމެންޓު އުސޫލުތަކަށް ތަބާވާންޖެހޭކަމަށެވެ. ރައީސް ވިދާޅުވީ، މަޝްރޫޢު ކުރިއަށް ގެންދިއުން ވަރަށް މުހިންމުކަމަށާއި ކުނި މެނޭޖުކުރުމުގެ ސެންޓަރެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތްތަކާއި ހިސާބަށް މާލަސްތަކެއް ނުވެ ވާސިލުކޮށްދެއްވާނެކަމަށެވެ.

މި އަހަރުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ދާއިރާ ކުރިއެރުވުމުގެ ގޮތުން ބަޖެޓުގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަންވެސް ރައީސް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އުލިގަމުގެ ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތްތަކަކީ ބަޔަކާއި ހަވާލުކުރެވިގެން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ނިމިގެންދާއިރު ދަނޑެއްގެ ގޮތުގައި އެންމެ ފުރިހަމަކަން ލިބިގެންދާ ހުރިހާ ކަމެއް އެތަނުގައި ނުހުންނާނެކަމަށާއި، ނިމިދިޔަ ސަރުކާރުން ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވަނީ އެފަދަ ގޮތަކަށްކަން ފާހަގަކުރެއްވިއެވެ.

ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތްތައް އެއްބަޔަކާއި ހަވާލުކޮށްފައި ފެންސު ޖެހުމުގެ މަސައްކަތްތައް އެހެން ބަޔަކާއި ހަވާލުކުރާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގޮތަށް ބައިބަޔަށް ބަހާލާފައި ހުރުމުގެ ސަބަބުން އެއްވެސް މަސައްކަތްތަކެއް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ގޮތަކަށް އިންތިޒާމުކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުންވާނީ އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ސިޔާސަތެއް ކަނޑައަަޅާފައިކަމަށާއި ދަނޑެއް ނަމަ ހަވާލުކުރާ އެއް ބަޔަކު އެތަނުގެ ހުރިހާ މަސައްކަތްތަކެއް ނިންމާނެކަމަށެވެ. ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ސަރުކާރުން މަޝްރޫޢުތައް ހަވާލުކުރާނީ މުޅި ޕްރޮޖެކްޓު އެއް ބަޔަކު ކުރިއަށް ގެންގޮސް ނިންމާ ގޮތަށް ކަމަށާއި ހިނގަ ހިނގާ ހުރި މަޝްރޫޢުތައްވެސް އެފަދަ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް ފިޔަވަޅު އަޅުއްވާނެކަމަށެވެ. އެހެންކަމުން އުލިގަމުގެ ދަނޑުގެ މަސައްކަތްތައް ނިމޭއިރު އެތަނުގައި ހުނަންޖެހޭ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކުރުމުގެ މަސައްކަތްތައް އިންތިޒާމުކުރެވިގެންދާނެކަން ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: