އެމެރިކަން އެއާލައިންގެ ފަސިންޖަރ ޖެޓެއް ހެލިކޮޕްޓަރެއްގައި ޖެހި އެކްސިޑެންޓުވެއްޖެއެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކާ ޙަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޙާދިސާގައި މަރުވި މީހުންގެ އަދަދު 19ށް އަރާފައިވާއިރު، މި އަދަދު އިތުރުވުން އެކަށީގެންވެއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެކްސިޑެންޓުވެފައިވާ ހެލިކޮޕްޓަރަކީ އަސްކަރީ އުޅަނދެކެވެ. އަދި އެކްސިޑެންޓަށްފަހު ޖެޓާއި ހެލިކޮޕްޓަރ ވެއްޓިފައިވަނީ ވޮޝިންޓަން ނެޝަނަލް އެއާޕޯޓު ސަރަޙައްދުގައި އޮންނަ ޕޮޓޯމަކް ކޯރަށެވެ.
މި ޙާދިސާގެ މަންޒަރު ފެންނަ ވީޑިއޯތައްވެސް މިހާރު ދަނީ ދައުރުވަމުންނެވެ. އެގޮތުން ދެ އުޅަނދު ޖެހި ބޮޑު ގޮވުމެއް ގޮވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމެރިކާގެ ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން މިވަގުތުވެސް ދަނީ ކުރަމުންނެވެ. ނަމަވެސް އެކަމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ

