ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑެލިވަރީ އަދި ލޮޖިސްޓިކްސްގެ ހިދުމަތް ފޯރުކޮށްދޭ ރެޑްބޮކްސް ކުންފުނިން ހުޅުމާލޭގައި އައު އޮފީހެއް ހުޅުވައިފިއެވެ.
ރެޑްބޮކްސްއިން މައުލޫމާތު ދީފައިވާގޮތުން އިތުރު އޮފީހެއް ހުޅުވާފައިވަނީ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ މަގްސަދުގައެވެ. ރެޑްބޮކްސްގެ ހުޅުމާލޭ އައު އޮފީސް ހުންނަނީ ބޮކަރުމާ ހިނގުމުގައެވެ. މި އައުޓްލެޓް ހުޅުވާލެވިފައިވަނީ ޚާއްޞަކޮށް ހުޅުމާލެ ފޭސް 1 އަދި 2 ގެ ރައްޔިތުންނަށް އަމާޒުކޮށްގެންނެވެ.
ރެޑްބޮކްސް އިން ބުނެފައިވަނީ މި އައު އޮފީހުން މާލޭ އޮފީހުން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށާއި އަދި އަލީ އެކްސްޕްރެސްގެ ގިނަ އޯޑަރ އަންނައިރު، ކަސްޓަމަރުންނަށް ޕާރުސަލް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
މި އައު އޮފީސް ހުޅުވުމާއެކު ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ރެޑްބޮކްސްގެ ޚިދުމަތްތައް ލިބިގެންދާނެއެވެ. އަދި މިއީ ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

