ހައިވޭގައި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައާއި ގުޅިގެން 60 އަހަރުގެ އަންހެނަކާ ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި އެކްސިޑެންޓު ހިނގީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނެވެ.
ފުލުހުން ބުނީ ސުވާލު ކުރި 60 އަހަރުގެ ދިވެހި އަންހެން މީހާގެ ލައިސަންސް ހިފަހައްޓައި، އޭނާ ދުއްވި ސައިކަލު ވެސް ޓޯކޮށްފައިވާ ކަމަށެވެ. ލިބުނު އަނިޔާތަކާ ގުޅިގެން މަރުވި ބިދޭސީ މީހާގެ ބޮލުގައި, ފަހަތުން އައި ސައިކަލު ޖެހިފައިވާކަންވަނީ އެނގިފައެވެ.
އެ ހާދިސާގައި ލިބުނު އަނިިޔާތަކާ ގުޅިގެން މަރުވީ، ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެ ދުވަހުގެ 9:00 ގަ އެވެ.
މީޑިއާތަކަށް ފުލުހުން އެ ދުވަހު ފޮނުވި މެސެޖެއްގައި ބުނީ ބިދޭސީ މީހާ ދުއްވި ސައިކަލުން ޖެހުނު ކޯނަކީ، ސޯލާ ޕެނެލްތަކުގެ މަސައްކަތް ކުރަން އުޅުނު މީހުން، މަސައްކަތް ކުރަމުންދާކަން އަންގައި ދިނުމަށް ބަހައްޓާފައި ހުރި ކޯނެއް ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

