ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރު ކުރެވޭނެ ގޮތްތައް ބަލަނީ

ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޮޑު ފޯކަސްއެއް ކަމަށް މި ދަތުރުގައި ބަލަނީ، ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ކަންތައްތައް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފިލިޕިންސްގެ ވެރިރަށް މެނީލާއަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލައުންޖްގައި ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމުގައެވެ.

މި ދަތުރުގެ އެންމެ ބޮޑު ފޯކަސްއަކަށް ހަދަން ޤަސްތުކުރަނީ ދިވެހިރާއްޖޭގެ ކައުންސިލްތަކުގަ. ކައުންސިލްތަކުން ނިންމާ ނިންމުންތަކުގަ. މުޖުތަމަޢުގެ ބައިވެރިވުން ނުވަތަ ރަށުގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި މަސައްކަތް ކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބެލުން.

ވަޒީރު ވިދާޅުވިއެވެ.

ޔޫއެންޑީޕީގެ ޚާއްޞަ އެހީތެރިކަމާއެކު، މިނިސްޓަރު ކުރައްވާ މި ދަތުރުފުޅަކީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެނީލާގައި ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުމާއި، ހެޔޮ ވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަންކަމާ މެދު މަޝްވަރާތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވެއެވެ.

ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި، ވުޒާރާގެ ލޯކަލް ގަވަރމަންޓް ޔުނިޓް ހިންގެވުމާ ޙަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްދު މާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: