ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް އެކްސްޕޯޓު އިތުރުކުރުމަށް އެކި މުއައްސަސާތައް ގުޅިގެން މަޝްވަރާކޮށްފި

މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން އެކި މުއައްސަސާތައް ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އިތުރުން މިފްކޯ، މޯލްޑިވްސް ސްޓޭޓް ޝިޕިންގ އަދި މޯލްޑިވިއަންގެ އިސް ފަރާތްތައް ބައިވެރިވިއެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން އެކްސްޕޯޓުކުރާ މަހަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އުޅަނދުން ޗައިނާއަށް ކުރާ ދަތުރުތަކުގައި ޖާގަ ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާގެ ސަޕްލަޔަރުންވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ވަރުގަދަކުރުމަށްޓަކައި ކިރާ މަހަށް ފައިސާ ދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުން ފަދަ މަސައްކަތްތައް ކުރެވިފައިވާކަން ފިޝަރީޒް މިނިސްޓްރީން ފާހަގަކުރެއްވިއެވެ. އަދި އެ ދާއިރާއިން ލިބޭ ނަފާ އިތުރުކުރުމަށްޓަކައިވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާކަން ހާމަކުރެއްވިއެވެ.

މި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް، މަސްވެރިކަމުގެ ސިނާއަތުގެ ތެރެއިން އިތުރު ފުރުސަތުތައް ހުޅުވާލުންކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: