މޯލްޑިވިއަން ބްލަޑް ސާވިސަައާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން ލޭހަދިޔާކުރުމުގެ ޕްރޮގުރާމެއް ކުރިޔަށް ގެންގޮސްފިއެވެ.
ލޭ ހަދިޔާ ކުރުމުގެ މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.
އެމްބީއެސް ބުނި ގޮތުގައި މި ޕްރޮގުރާމް ކުރިޔަށް ގެންދިޔުމުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ތެލެސީމިއާގެ ބަލި ތަހައްމަލުކުރާ ކުޑަކުދިންނަށް ފަސޭހަ ގޮތެއްގައި ލޭ ހޯދޭނެ މަގެއް ހޯދައިދިނުމެވެ.
ލޭހަދިޔާ ކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވެފައި ވަނީ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި ފުލުހުންނެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްްއިން އިސްނަގައިގެން މިފަދަ ގިނަ ޕޮރްގްރާމްތައް ކުރިޔަށް ގެންދެއެވެ. އެގޮތުން، ރާއްޖޭގެ އާއްމު ފަރުދުންނަށްވެސް ލޭ ހަދިޔާކުރުުމުގެ ފުރުސަތުވަނީ އެ އިދާރާއިން ހުޅުވައިލައިފައެވެ.

