މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއް ހިންގާފައި ވަނީ އެ ތަނުގެ ކައްކާއާއި މަސައްކަތް ކުރާ މީހަކާއި ދެމެދުކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު މެންދުރު ހިނގި އެ ހާދިސާގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެތަނުން އެކަކަށް ވަރަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި ހަމަނުޖެހުން ހިނގީ ކެފޭގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ނޭޕާލް މީހަކާއި އަތްގާތްކޮށްދޭން މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއްގެ މެދުގައެވެ.
ހާދިސާގައި ދެ މީހުންނަށް ވެސް އަނިޔާތައް ލިބުނުއިރު، އެތަނުން އެކެއްގެ ހާލު ސީރިއަސްއެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބިދޭސީންގެ މެދުގައި މާރާމާރީ ހިންގައި ހަމަލާދޭން ތޫނު އެއްޗެއް ބޭނުންކޮށްފައި ވެއެވެ.
ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

