ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާން އިއްވުން ބުރާސްފަތި ދުވަހު، ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް!

ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައީސް މުއިއްޒު އިއްވާ ރިޔާސީ ބަޔާނަކީ، ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވާ ދެވަނަ ރިޔާސީ ބަޔާނެވެ. މިދިޔަ އަހަރު އެމަނިކުފާނު ރިޔާސީ ބަޔާން އިއްވެވީ މަޖިލީހުގެ 19 ވަނަ ދައުރުގައިކަމަށްވުމާއި އެކު ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު އަސްލަމްއެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާއާއި ގުޅޭގޮތުން މީޑިއާތަކުން މަޖިލީހުގެ އިދާރާއާއި ސުވާލުކޮށްފައި ވަނީ ރައީސް މުއިއްޒާއި އަބްދުއްރަހީމް ދެމެދު ހިޔާލުތަފާތުވުން އުފެދިފައިވާކަމަށް ބުނެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

މަޖިލީހުގެ ސީނިއަރ މީޑިއާ އޮފިސަރ މާން އައްސަދު ”ސަންގު“ އަށް ވިދާޅުވީ ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިސް ރައީސްކަމަށެވެ.

ރިޔާސީ ބަޔާނަކީ ކޮންމެ އަހަރެއްގެ އެއްފަހަރު ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި އެ ހާލަތު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ފިޔަވަޅުތަކާއި ތަފްސީލު ދެއްވައި އިއްވާ ބަޔާނެވެ. މި ބަޔާނުގައި ހިނގަމުންދާ އަހަރަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކުގެ ތަފްސީލު ދެއްވާނެއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: