ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ހުރި ގިނަ ތަންތަން ހުރީ އަޅައިނުލެވި، ސިޓީ ކައުންސިލްގެ ޒިންމާ ކޮބާ؟

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދުގެ ވަށައިގެންވާ މާހައުލު ސާފުތާހިރު ކަމާއެކު ބެހެއްޓުމާއި އަދި މާލޭގެ މަގުތަކާއި އެނޫންވެސް ރައްޔިތުން ބޭނުންކުރާ އެތައް އެއްޗެއް ނުވަތަ ތަނެއް ބެލެހެއްޓުމުގެ ޒިންމާއަކީ މާލޭ ސިޓީ ކައުންސިލަށް ހަވާލުކޮށްފައިވާ ޒިންމާކެވެ. ރާއްޖޭގެ އެހެން ސިޓީ ތަކާއި ހިލާފަށް މާލެއަކީ ވަރަށް ބޮޑު އާބާދީއެއް އޮންނަ ތަނެކެވެ. ދިވެހިން އަދި ބިދޭސީން އެންމެ ގިނައިން އުޅޭ އެއް ސިޓީއަކީ މާލެއެވެ. އެހެންކަމުން މާލޭގެ ހިދުމަތްތައްވެސް ދޭން ޖެހޭނީ އޮންނަ އާބާދީއަށް ބަލައިގެންނެވެ. ރާއްޖޭގެ ވެރިކަން ކުރާ ފުރަ މާލެއަކީ ރާއްޖޭގެ އެންމެ ގިނަ ވަސީލަތްތައް ހުރި، އަދި ބުނާބުނުމަށް ޒަމާނީ ވަސީލަތްތަކާއި ދައުލަތުގެ މުވައްސަސާތަކާއި، އެކި އިދާރާތަކާއި އަދި މިހެންގޮސް އެންމެ މީހުންވެސް ގިނަ ތަނެވެ.

މާލޭގައި އާއްމުން ހިތްހަމަ ޖައްސާލުމުގެ ނަމުގައި ތަފާތު އެތައް ތަންތަން އެބަހުއްޓެވެ. އާޓިފިޝަލް ބީޗާއި، ސަލްޓަން ޕާކާއި، ކޮތަރު ޕާކާއި، ރަސްފަންނާއި އަދި އެންމެ ފަހުން ތަރައްގީކުރި ލޮނުޒިޔާރަތް ޕާކުފަދަ އެތައް ތަނެއް އެބަހުއްޓެވެ. އެހެންނަމަވެސް ހުރިހާ ތަނަކީވެސް ބަންދު ދުވަހެއްގައި މާލޭގައި ދިރިއުޅޭ ބަޔަކަށް ހިތް ހަމަޖެހިލައިގެން ވަގުތު ހޭދަކޮށްލަން ތިބެވޭ ތަންތަނަށް ވުރެ މާ ބާރުބޮޑުވެފައި އޮންނަ ތަންތަނެވެ. ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވާނީ އެތަންތަނުގައި ހުންނަ ވަސީލަތްތައް ބެލެހެއްޓުމެވެ. ިއާއްމުންނަށް އުނދަގޫ ވާގޮތަށް މާލޭގައި ހުރި މައްސަލަތައް މަދެއް ނޫނެވެ. މަގުމައްޗަށް އޭސީ އައުޓްޑޯ ނެރެފައި ހުރުމާއި، މަގުމައްޗަށް ފެން ދާ ގޮތަށް ފާހަނާއާއި، ދޮންނަމެޝިނާއި މިފަދަ އެތައް އެއްޗެއް ނެރެފައި އެބަހުއްޓެވެ.

ކުދި ބޮޑު އެންމެ ޒިޔާރާތް ކުޜާ ”ބީޗު“ ތަކުގައި ވަކި އުސޫލެއްގެ ތެރެއިން އިޖުތިމާއީ އާއްމު މިންގަނޑަށް ފެތޭ ގޮތަށް އުޅުމަކީ ކަނޑައަޅައިފައިވާ ގޮތެވެ. މާލެއަށް ޒިޔާރާތް ކުރާ ބިދޭސީންވެސް އައުރަ ނިވާ ނުވާ ވަރުގެ ހެދުން ލުމާ، އެމީހުންގެ އުސޫލުތައް ހުންނަ ގޮތަށް އުޅުމަކީ އާއްމުން އެއްވެ އުޅޭ ތަންތަނުގައި މުޅިން މަނާކޮށްފައިވާ ކަމެކެވެ. އެކަމަށްޓަކައި ވަކިން ހާއްސަ ބޯޑުތަކެއްވެސް އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވެއެވެ. ސިޓީ ކައުންސިލަށް މިކަންކަމުގެ ޒިންމާ ބޮޑު އިރު މާލޭގެ މަގަކަށް ވށައިގެން ނަޒަރު ހިންގާލިޔަސް މިކަންކަން ކޮށްފައިވާ މަންޒަރެއް ނުފެނެއެވެ. ކުޑަމިނުން ޕްރިންޓެއް ކޮށްލާފައި މިބުނާ ބޯޑުވެސް އަލުން އައުކޮށްލަން އޮތީ ބޮޑު މަސައްކަތަކަށް ވެފައެވެ.

ސަންގަށް މައުލޫމާތު ދެމުން އާޓިފިޝަލް ބީޗު ސަރަހައްދު ބެލެހެއްޓުމަށް ތިބި އޮފިސަރުން ވިދާޅުވެފައިވަނީ ފަތުރުވެރިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބޯޑުތައް ބާވެ، ލިޔެފައިހުރި އެއްޗެއް ކިޔަން ނޭންގޭ މިންވަރަށް ބޯޑުތަކުގެ ހާލަތުގޮސްފައި ވާއިރު އެ ބޯޑުތައް އައުކޮށްލުމަށް އެތައް ފަހަރެއްގެ މަތިން ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ބޯޑު ތަކުގެ ހާލަތު ހުރީ އެތައް އަހަރެއްވެ ޒަމާންވެފައެވެ. ކުޑަކުދިންނާއި ބޮޑެތި އަދި އިސްރަށްވެހިން މަޖާކޮށްލަންދާ ސަރަހައްދުތަކުގައި މިފަދަ ބޯޑުތައް ބަހައްޓައިފައިވަނީ އާއްމު އިޖުތިމާއީ މިންގަނޑާއި އެއްގޮތް ވާގޮތުގެ މަތިންނެވެ.

ދެންއޮތީ މާލޭގެ މާގުތަކުގެ ހާލަތެވެ. އެއްދުވަހުން އަނެއް ދުވަހަށް އަތުރާރާޒުވާ ބައެއްހެން ސިޓީ ކައުންސިލުން ކޮންމެ ހަފްތާއަކުން ކަހަލަގޮތަކަށް މާލޭގެ މަގުތަކުގެ ގާތަށް ނަގައިގެން އުޅޭތަމް ފެނެއެވެ. މަގުތައް އެއްވަރުކޮށް ރަަނގަޅުކުރުމަށް ކަމަށްބުނެ މިކުރާ މަސައްކަތުން ރޭވެފައި އަލި ވިލޭއިރު ހިނގަން އޮންނަ މަގުހުރަސްވެސް ގެއްލޭފަހަރުތައް އާދެއެވެ. ދުއްވާ މީހުންނަށް މި ދުއްވެނީ ”ވަން ވޭ“ އަކުންތޯ ނުވަތަ ”ޓޫ ވޭ“ އަކުންތޯވެސް އެނގެނީ ފަހަތުން އައިސް ފުލުސް މީހާ ކޮނޑުގައި ކޮށްޓާލައިފައި އެވާހަކަ ބުނުމުންނެވެ. ހިތު މިސާލަށް ކޮންމެ މީހަކުވެސް އުޅަނދުތައް ދުއްވަނީއެވެ. ނުބައި ގޯޅިއަކަށް އެޅިއްޖެއްޔާ ރައްޔިތު މީހާ ހާ ގޯސް މީހެއް ނެތީއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ވާޙަކަދައްކާއިރު މަގުމަތީގައި ހުންނަން ޖެހޭ ބޯޑުތައްވެސް ހުންނަީ ހިތައް އެރި މަގެއްގައެވެ.

ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތައް ހަމަ ހުރީ މި ހާލަތުގައެވެ. މަލެއަށް ގިނަ ވަސީލަތްތަކެއް ބޭނުންވާއިރު އެކަންކަން ނުކެރި ހުރުމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތަކާއި ކުރިމަތި ލާންޖެހެއެވެ. މާލޭގައި ދިރިއުޅޭ މީޙުންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން އޮތް ކައުންސިލްގެ މަސައްކަތްތައް މިހާ ދަށް ފެންވަރަށް ވެއްޓުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. މާލެއަކީ ގިނަ ހިދުމަތްތަކެއް ހުރި ތަނެއް ނަމަވެސް ވަސީލަތްތައް ހުރީ ސިޓީ ކައުންސިލަށް ފުރިހަމަ ނުކޮށްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: