ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޅުމުގައި އަޑުގަދަކުރާތީ އެމްޑީޕީ މެމްބަރުންގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

ރިޔާސީ ބަޔާން އިއްވަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރައްވާތީ އިދިކޮޅު ބައެއް މެމްބަރުންގެ ނަން އިއްވައި ތަޅުމުން ބޭރު ކުރައްވައިފިއެވެ.

ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ ފެށިގެންދިޔައީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައެވެ. ޖަލްސާ ފެށިގެންދިއުމާއެކު އެމްޑީޕީގެ މެމްބަރުން ވަނީ ތަޅުމުގައި އަޑުގަދަ ކުރައްވާފައެވެ. އެގޮތުން އެ މެމްބަރުން އިހުތިޖާޖު ކުރައްވަމުން ގެންދެވީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކުއެވެ.

އެހެންވެ ރިޔާސަތުން އެ މެމްބަރުންގެ ނަން އިއްވެވުމަށްފަހު، އެންމެ ފަހުން ވަނީ ތަޅުން ދޫކުރެއްވުމަށް އަންގަވާފައެވެ.

މި ޖަލްސާގައި ނަން އިއްވަވާފައިވާ މެމްބަރުންނަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު، ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ސަމީރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރުއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވޭތުވެދިޔަ އަހަރުގެ ސަރުކާރުގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރުގެ ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތައް ހާމަ ކުރައްވާނެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ގެންދަވާއިރު އެމްޑީޕީން ވަނީ މަޖިލިސް ސަރަޙައްދަށް އެއްވާން ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: