ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހީންގެ އިސްލާމީ އަގީދާ ވަރުގަދަކުރުމަށްޓަކައި ވަރުގަދަ ފިޔަަވަޅުތަކެއް އެޅިން: ރައީސް

މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި އަހަރު ދިވެހީންގެ އިސްލާމީ އަގީދާ ވަރުގަދަކުރުމަށްޓަކައި ވަރުގަދަ ފިޔަަވަޅުތަކެއް އެޅުއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިިލިސް ހުޅުވާދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ފާއިތުވި އަހަރު މުޅި ރާއްޖެއަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އެގޮތުން ދިވެހީންގެ އިސްލާމީ އަގީދާ ވަރުގަދަކުރުމަށްޓަކައި ވަރުގަދަ ފިޔަަވަޅުތަކެއް އެޅުއްވިކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެ ފިޔަވަޅުތައް އެޅުއްވީ މާތްވެގެންވާ އިސްލާމްދީނާ މެދު، ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކޮށް އިސްލާމީ އަހުވަންތަކަމުން މުޖުތަމައުގެ ގުޅުންތައް ބަދަހިކޮށް، އިސްލާމީ އަޚްލާޤުން މުޖުތަމަޢުގެ ސުލޫކު ޒީނަތްތެރިކުރުމަށް ކަމަށެވެ. އެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަރުމާކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެ ޕްރޮގްރާމު ހިންގުނުކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ވެސް، ރިސާލަތު ޕްރޮގުރާމް މެދުކެނޑުމެއް ނެތި، ކުރިޔަށް ދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރަށް، ނަމާދަކީ ހުރިހައި މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއްކަމުގައި ލައްވާފައިވުމާއި އެއީ އިސްލާމް ދީނުގެ އެންމެ ހަރުދަނާ އެއް ތަނބުކަމަށް ޝަރުޢުގައި ލައްވާފައިވާތީ، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މަގްސަދުގައި ”ނަމާދު މަތިވެރިކުރުން“ މި ނަމުގައި ވެސް މުހިންމު މަޝްރޫޢެއް ކުރިޔަށް ގެންދެވުނުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: