ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާރިޖީ ސިޔާސަތު އޮންނާންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނޭހެން: ރައީސް

މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަން އޮތް ޒަމާންތަކުގައި ވެސް، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނޭހެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އެތައް އަހަރެއްވީ ގައުމީ ހަޔާތުގައި ދިވެހި ކާބަފައިން ހަވާލު ކުރި އެންމެ ދުވަސްވީ އަމާނާތަކީ ދިވެހި ދައުލަތުގެ ސިޔާދަތުކަމަށެވެ. ދިވެހީންގެ ކަންކަން ދިވެހީންގެ މަސްލަހަތާއި ސަލާމަތަށްޓަކައި ދިވެހީން އަމިއްލައަށް ނިންމުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އަމާނާތްތެރިކަމާއި އެކު ބަލަހައްޓަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންނަން އޮތް ޒަމާންތަކުގައި ވެސް، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާންވާނީ ދިވެހި ދައުލަތުގެ ސިޔާދަތީ މިނިވަންކަމަށް ބުރޫ ނާރާނޭހެން ކަމަށެވެ. އަދި ރާއްޖޭގެ އިހުތިޔާރުގައި، ރާއްޖެއަށް ކުރިއެރުން ލިބޭ ހުރިހާ ގައުމަކާ ގުޅުން ބަދަހިކުރެވެންވާނެކަމަށް ވިދާޅުވިއެވެ.

އަވައްޓެރި ގައުމުތައް އަބަދުވެސް މުހިންމުވާނެކަމަށާއި، ހަމައެއާއި އެކު ބައިނަލްއަޤުވާމީ ސުލްހައާއި އަމާންކަމާއި ދިވެހި ގައުމުގެ ކުރިއެރުމަށް މަގުފަހިވާގޮތަށް ދެން ހުރި ގައުމުތަކާއި އެކު ވެސް ގުޅިގެން މަސައްކަތް ކުރަންވާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެ އަބަދުވެސް އަމާންކަން އިސްކުރާނެކަމަށެވެ. އެގޮތުން އެހެން ގައުމުތަކުގެ ބިންތައް ހިފައިގަތުމާއި ފުރާނައަށް ގެއްލުންދިނުމާއި އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ދިވެހިރާއްޖެ އެއްގޮތަކަށް ވެސް ބަލައިނުގަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: