ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް އެންމެ ފައިދާހުރި އިންސާފުވެރި މަގު އަބަދުވެސް އިސްކުރާނަން: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް އެންމެ ފައިދާހުރި އެންމެ އިންސާފުވެރި ގޮތް އަބަދުވެސް އިސްކުރައްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި 2025 ވަނަ  އަހަރު ރިޔާސީ ބަޔާން އިއްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ގައުމުގެ މުސްތަގުބަލަކީ އަދުގެ ޒުވާނުންކަމަށާއި އެ ޖީލުތައް ހަރުދަނާކުރުމަށްޓަކައި ވިޔާނުދާ އާދަތަކުން ދުރުކުރުމަކީ އެމަނިކުފާނުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށެވެ. އެހެންކަމުން ރާއްޖެއަށް މަސްތުވާތަކެތި އެކުލެވޭ ވޭޕު އެތެރެކުރެކޮށްގެން ފުޅާ ދާއިރާއެއްގައި ވިޔާރިކޮށް މަސްތުވާތަކެތީގެ ތެރެއަށް ކުޑަކުދިން ވައްދާ ދޮރެއްގެ ގޮތުގައި ވޭޕު ފާހަގަވުމާއިއެކު އެކަން ހުއްޓުވުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައިވާނެކަމަށެވެ.

ރައީސް ވިދާޅުވީ، އެ ފިޔަވަޅުތަކުގެ ބޭނުމަކީ އެ ވަބާ މުޅި ގައުމުން ފޮހެލުންކަމަށާއި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ވޭޕު މުޅި ގައުމުން މަނާކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖޭގައި އުފެދިފައިވާ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި ހެޔޮ ނަތީޖާއެއް ފެނުމުގެ އިތުރުން ރާއްޖެ ހަމަ މަގަކުން ގެންދިއުމުގައިވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމާއިމެދު ޝައްކެއް ނެތްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮންމެ އާއިލާއެއްގެ ތެރޭގައި މަސްތުވާތަކެތީގައި ޖެހިފައި ހުރި އެކަކު ނުވަތަ ދެމީހެއްގެ ފަރާތުން ކުރިމަތިވެގެންދާ ބިރުދެއްކުމާއި ވައްކަން ކުރުން އަދި އެހެނިހެން އަނިޔާތަކުގެ ދަތިތައް ފެނިގެންދާ ގައުމަކީ މަރުގެ ތުންފަތްމަތީގައި އޮންނަ ގައުމެއްކަމަށެވެ. އަދި އެއީ ދައުލަތެއްގެ ގޮތުގައި ދެމިތިބެވޭނެ ހާލަތެއް ނޫންކަމަށާއި އިސްލާހީ ފިޔަވަޅުތައް އަޅަންޖެހުނީ އެ ސަބަބާއި ގުޅިގެންކަމަށެވެ.

ދުންފަތުގެ ވާބާއާއި ގުޅޭގޮތުންވެސް އެމަނިކުފާނު މި ފުރުސަތުގައި ވާހަކަދެއްކެވިއެވެ. ރައީސް ވިދާޅުވީ، ސިނގިރޭޓުގެ އަގު ކޮންޓްރޯލްކުރުމަށްޓަކައި އަގަށް ގެނައި ބަދަލާއިއެކު ލިބޭ އާމްދަނީ އެއްކޮށް ހަރަދުކުރުމަށް ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން ދުރުވުމަށްކަމަށެވެ. ރައީސް ވިދާޅުވީ، އެ ފައިސާ ހޭދަކުރާނީ އެކަމަށްޓަކައި ހިންގަންޖެހޭ ޕްރިވެންޓެޓިވް ޕްރޮގްރާމްތަކާއި މަޝްރޫޢުތަކަށް ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދަ އަށަގަނެފައިވާ އެންމެން އެ ބަވާއިން ދުރުހެލިވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެކަމަށް އެހީތެރިކަން ދިނުމުގެ ގޮތުން ސަރުކާރުންވާނީ ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން އެއް ސިޒޭޝަން ކްލިނިކް ގާއިމުކުރުމަށް ނިންމާފައިކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބޭސްތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކުގައި ހުރި އަތޮޅު ހޮސްޕިޓަލްތަކުން ލިބޭނެ ގޮތް ހަމަޖައްސާފައިވާނެކަމާއި އެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންދާނެ ކަމަށް ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ވިހާވެސް ބޮޑަށް މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާކަމަށާއި އިސްލާމީ އިރުޝާދުތަކާއި އެއްގޮށް އަމިއްލަ އަތްތަނުން ނަފްސު ހަލާކުގެ ތެރެއަށް އެއްލާލާ ބަޔަކަށް ނުވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: