ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކޮނޮމިކް މިނިސްޓްރީން އުފެއްދުންތެރިކަމާއި ގުޅޭ ޓިކްޓޮކް ޗެލެންޖެއް ހިންގަނީ!

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ މައުރަޒުގެ ނަމުގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީން ޓިކްޓޮކް ޗެލެންޖެއް ފައްޓައިފިއެވެ.

އިގްތިސާދީ ވުޒާރާއިން މައުލޫމާތު ދީފައިވާގޮތުން ދިވެހިންގެ މައުރަޒުގެ ނަމުގައި ހުޅުވާލާފަިއވާ ޓިކްޓޮކް ޗެލެންޖުގެ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި 15،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވެއެވެ. މި ޗެލެންޖަކީ ދިވެހިންގެ އުފެއްދުންތެރިކަމަށް ހިތްވަރުދީ މޯލްޑިވްސް އެކްސްޕޯ 2025ގައި ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކެއްކަމަށެވެ. 15000 ރުފިޔާގެ ގްރޭންޑް ޕްރައިޒްގެ އިތުރުން ޗެލެންޖު ކުރިއަށް ގެންދާ ކޮންމެ މަހަކުވެސް ނަސީބުވެރި ފަރާތަކަށް 3،000 ރުފިޔާގެ އިނާމެއް ދިނުމަށް ކަނޑައެޅިފައިވާކަމަށް ބުނެފައިވެއެވެ.

މި ޗެލެންޖުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖެހޭނީ، ރާއްޖޭގެ އުފެއްދުންތެރިކަން ދައްކައުވައިދޭ ނުވަތަ އެކަމަށް ބާރު އަޅައިދޭ ވީޑިއޯއެއް އުފެއްދުމަށްފަހު މޯލްޑިވްސް ޑޮޓް އެކްސްޕޯ ޓެގުކުރުމަށްފަހު ކެޕްޝަނެއްގެ ގޮތުގައި ހޭޝް ޓެގް ދިވެހިންގެ މައުރަޒު25 ނުވަތަ ހޭޝް ޓެގް އެކްސްޕޯ މޯލްޑިވްސް 25 ޖެއްސެވުމަށްފަހު އަޕްލޯޑްކޮށްލަންކަމަށް ބުނެފައިވެއެވެ.

ވަނަތަކަށް ހޮވޭ ފަރާތްތަކަށް ކަނޑައެޅުމުގައި އުފެއްދުންތެރިކަމާއި އަމިއްލަ ވަންތަކަން ދައްކައުވައިދޭ ވީޑިއޯތަކަށް 40 އިންސައްތަ ބަލާނެކަމަށާއި ވީޑިއޯގެ ކޮންޓެންޓަށް 30 އިންސައްތަ ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެންމެ ގިނަ މީހުން ބަލައި ލައިކްކޮށް ޝެއަރކޮށްފައިވާ ވީޑިއޯއަށް 30 އިންސައްތަ ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ. މި ހަރަކާތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން އެޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވީޑިއޯތައް ހިއްސާކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: