ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑުން މިއަހަރުގެ މެރިން އެކްސްޕޯގައި ދައްކާލަނީ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ”ރީކްލެއިމްޑް ވޭލް“ އެއް

މޯލްޑިވްސް މެރިން އެކްސްޕޯ 2025
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މެރިން އެކްސްޕޯ 2025ގެ މެރިން އިންޝުއަރަންސް ޕާޓްނަރ، އެލައިޑް އިންޝުއަރަންސުން މިއަހަރުގެ މެރިން އެކްސްޕޯގައި ފީޗަރކުރުމަށް ހަމަޖެހިފައިވަނީ ޕްލާސްޓިކާއި އެހެނިހެން ރީކްލެއިމްޑް ތަކެތިން ތައްޔާރުކޮށްފައިވާ ސްކަލްޕްޗަރ ކަމަށް އެލައިޑުން ބުނެފިއެވެ.

އެހެންއަހަރުތަކާއި ހިލާފަށް، މިއަހަރު މެރިން އެކްސްޕޯ ޕްލެޓްފޯމް އެލައިޑުން ބޭނުންކުރާނީ ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތަކާއި މެދު ހޭލުންތެރި ކުރުމަށް ކަމަށް އެލައިޑުން ވަނީ ބުނެފައެވެ.

”ރިޑިއުސިންގ ޕްލާސްޓިކް ވޭސްޓް، ޕްރޮމޯޓިންގ އޯޝަން ކޮންޒަރވޭޝަން“ މިޝިއާރުގެ ދަށުން ތައްޔާރުކޮށްފައިވާ މި ސްކަލްޕްޗަރއަކީ އެލައިޑް އިންޝުއަރަންސްގެ 40ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކ.ހިންމަފުށީގައި ބޭއްވި ކިކްއޯފް އިވެންޓް ”ޑައިވް 40″ގެ ތެރެއިން ރަށާއި ފަޅުތެރެ ސާފުކޮށް ކުނީގެ ގޮތުގައި ނެގުނު ޕްލާސްޓިކާއި ރަބާރާއި ދަގަނޑު ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ރީކްލެއިމްޑް ވޭލްއެކެވެ.

މިއީ އެލައިޑް އިންޝުއަރަންސާއި ރާއްޖޭގެ ހުނަރުވެރި އާޓިސްޓުން ކަމުގައިވާ ސޮބާ އަދި ހުސެއިން ހިމެނޭހެން، ޓޮކްސީ-ކްރޫއާއި ގުޅިގެން ތައްޔާރުކޮށްފައިވާ ސްކަލްޕްޗަރއެކެވެ. މިމަސައްކަތުގެ މަގުސަދަކީ މިޕްލެޓްފޯމް މެދުވެރިކޮށް އަދި ތައްޔާރުކުރެވިފައިވާ ސްކަލްޕްޗަރ މެދުވެރިކޮށް އެކްސްޕޯގެ ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

މީގެ އިތުރުންވެސް މެރިން އެކްސްޕޯގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންދިޔުމަށް އެލައިޑުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމަށް ވާގިދޭ އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ ރިސައިކްލިންއަށް ހޭލުންތެރިކުރުމަށް މެރިން އެކްސްޕޯ ކުރިޔަށްދާ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް، ސްކަލްޕްޗަރ ބެހެއްޓިފައިވާ ސަރަހައްދުގައި ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އަދި ހަމަ މިއާއިއެކު، މިއަހަރުގެ މެރިން އެކްސްޕޯގައި ވަރަށް ވެސް އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު އެލައިޑުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ކަނޑުމަތީގެ އުޅަނދުތަކަށް ހާއްސަ ހަލް އިންޝުއަރަންސް ޕްލޭނެއް 40 ޕަސެންޓު ލައިފްޓައިމް ޑިސްކައުންޓެއް ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއިނާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެލައިޑް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ކިއު-އާރް ކޯޑް ސްކޭން ކުރައްވައިގެންނެވެ. ހަމަ އެއާއި އެކު، ރީކްލެއިމްޑް ވޭލްގެ ފޮޓޯއެއް ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި އެލައިޑް ޓެގް ކުރުމަށްފަހު ޕަބްލިކް ސެޓިންގައި ޝެއަރ ކުރާ ފަރާތްތަކާއި ފުރަތަމަ އިނާމަށް ކުރިމަތިލާ، ނުހޮވޭ ފަރާތްކުގެ މެދުގައި ލަކީޑްރޯއެއް ނަގާ ނަސީބުވެރި 2 ފަރާތަށް، 1 އަހަރު ދުވަހުގެ ވެލިޑިޓީއާއި އެކު ވޯލްވައިޑް ޓްރެވަލް ޕްލޭނެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: