އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާރޗު މަހު ބޭއްވުމަށް ނިންމައިފިއެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ އަދި ހިއްސާގެ ފައިދާ (2024 ވަނަ އަހަރުގެ) ލިބިވަޑައިގަންނަވާނީ، 18 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް މި އަހަރީ އާންމު ޖަލަސާގައި ބައިވެރިވެވަޑައިގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެއްވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫ މޯލްޑިވްސް އިން 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 22 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

