2025ގެ ރިޔާސީ އިންތިހާބުގައި މަހުގެ އަގު 17 އިން 25އަށް ބޮޑު ކުރީ ސިޔާސީ މަގްސަދެއް އޮވެގެން ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވެ ވަޑާއިގެންފައިވާ ވައުދުފުޅުތަކަކީ އެއީ ލިޔެވިފައިވާ ވައުދުފުޅުތަކެއް ކަމަށާއި، އެ ވައުދުފުޅުތަކާއެކު ވަޑައިގެންނެވިއިރުވެސް އިހްލާސްތެރިކަމެއް އޮތޯ ކިހާ މިންވަރަކަށްތޯ ބަލާލަން ޖެހޭ ކަމަށެވެ. މަސްވެރިކަމުގެ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ އަހަރު ވަރަށް އުނދަގޫ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއީ ގައުމުގެ ހާލަތު އޮތް ހާލަތު އޮތް ގޮތުންނާއިއެކު ކަމަށާއި މަސްވެރިކަމުގެ ސިނާއަތު އެއްވެސް ވަރެއްގެ ދިރާސާއެއް ކުރުމެއްނެތި ގެނެސްފައިވާ ބޮޑެތި ބަދަލުތަކެއްގެ ނަތީޖާއަކަށް ވެގެން ދިޔައީ ރައީސްއަށް އުނދަގޫ މަސްވެރިކަމުގެ ދުވަސްވަރަކާއި ކުރިމަތި ލާން ޖެހުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
2025ގެ ރިޔާސި އިންތިހާބުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރާ ދޭތެރޭގައި މަހުގެ އަގަށް ގެނެވުނީ ވަރަށް ބޮޑު އަދެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. 17 ގައި ހުރި މަހުގެ އަގު ސިޔާސީ މަގްސަދެއްގައި ބަދަލުކުރީ 25 ރުފިޔާއަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
”ބޭރުގެ ބާޒާރުގައި މަހުގެ އަގު ހުރިވަރު އެނގޭ، އަދި މިފްކޯގެ އެފިޝިއެންސީ ހުރި ގޮތާއި އެ ހުރިހާ އެއްޗެއް އިންގިހުރެ އެވަރުގެ ބޮޑު ބަދަލެއް ގެނައި އިރުގައި އޭގެ އަސަރު ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތަށް ކުރާބެ ގޮތަކާއި ދޭތެރޭގައި އެއްވެސް ވަރަކަށް ވިސްނާލައިފައި ނެތް ކަން އަޅުގަނޑުމެންނަށް އިނގެނީ. އެއްކަމަކަށް މަސްވެރި ސިނާއަތް އަޅުގަނޑުމެން ކިޔަނީ ހަމައެކަނި ދަުލަތުގެ ކުންފުނީގެ ކުންފުނީގެ އެކްޓިވިޓީއަށް އެކަންޏެއްނޫން. މަސްވެރި ސިނާއަތުގައި އެބަހުރި ޕްރައިވެޓް ކުންފުނިތައް. އެ ކުންފުނިތަކުގައި އެބަ މަސައްކަތް ކުރޭ ދިވެހި އެތައް އާއިލާއެއް“
ޝިޔާމް ވިދާޅުވީ ފެލިވަރުގައި މީގެ 47 އަހަރުކުރިން ޖެހި މެޝިނަރީސް، އޭރުގެ ގާއިމް ކުރި ކެޕޭސިޓީގައި މިއަދުވެސް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ރައީސްގެ ވާހަކަފުޅުގައި ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކުރައްވާނެ ވާޙަކަ ވިދާޅުވި ކަމަށާ ފުރަތަމަ އަހަރުގެ ތެރޭގައި، ސިނާއަތް ސިންދަފާތުކޮށް އިތުރަށް ފުޅާކޮށް މަސައްކަތްތައް ކުރައްވާނެ ޕްލޭނެއް އެކުލަވާލައިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވީ މިއަހަރު އެކަންކަން ތަންފީޒު ވެގެން ދާނެ ކަމަށެވެ. ރޯމަސް ބޭރަށްފޮނުވައިގެން ލިބޭނެ ފައިދާއެއް ނެތްކަން ހުރިހާ ރައީސުންނަށްވެސް އެނގޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތައް ހަރަދު ކުރަން ހުރި ފައިސާ ސަބްސިތީގެ ގޮތުގައި ދޫކުރައްވާ ކަމަށާއި، އަދި މަހުން އެންމެ ބޮޑު ފައިދާއެއް ވަނީ ދިވެހިންނަށް ނޫން ކަމަށެވެ. އޭގެން އެންމެ ބޮޑު ފައިދާއެއް ކުރަނީ ރާއްޖެއިން މަސް ގަންނަ ބޭރުގެ ކުންފުނިތަކަށް ކަމަށެވެ.

