ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަމަދޫ އައިލެންޑް މިއުޒިކް ފެސްޓިވަލް ފެށެން ތިން ދުވަސް!

ކަމަދޫ އައިލެންޑް ފެސްޓިވަލް- - ސްކައިރޮކް: ޗާޖްޑް މޯލްޑިވްސް - ފަސީލައިވް: އިގްބާލް ޚާން ދަ ކަބަންސް: ސޮވައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ 12 އިން 14 އަށް ބޭއްވުމަށް ބައިނަލްއަޤުވާމީ ކަމަދޫ އައިލެންޑް މިއުޒިކް ފެސްޓިވަލް އަންނަ ބުދަ ދުވަހު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި އިވެންޓަކީ ރާއްޖޭގައި މުޅިން އަލަށް ބާއްވާ ބައިނަލްއަޤުވާމީ ފެސްޓިވަލެކެވެ.

މިއީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ހިތްގައުމުކަމާއި ދިވެހިންގެ ޒަމާންވީ ސަގާފަތް އަދި ފަންނުވެރިކަމާއި ހުނަރުވެރިކަން ދައްކުވައިދޭ ގޮތަށް ބައިނަލްއަޤުވާމީ އާޓިސްޓުންނާއި އެކު ކުރިޔަށް ގެންދާ ޝޯވ އެކެވެ.

މި ޝޯގެ ތެރޭގައި ތަފާތު އެކި ކުޅިވަރާއި، ކަލިނަރީގެ އިތުރުން ސަގާފީ ހަރަކާތްތައް ކުރިޔަށް ގެންދާނެ އެވެ. އަދި ފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ވަނީ އެންޓްރީ ޕާސްތައް ބައްލަވައިގަތުމަށް ހުޅުވާލާފަ އެވެ. އަދި ފެސްޓިވަލްގައި ދިވެހި ޕާފޯމަރުންގެ ގޮތުގައި ސިމްބޮލިކް ރިކޯޑްސް، ސްކައި-ރޮކް، ފަސީ ލައިވް، ޑީޖޭ ޕައި ޑެ، ދަ ކަބަންސް އަދި ޑީކޭ ޑީޑް ފަދަ މަޝްހޫރު ފަންނާނުން ބައިވެރިވާއިރު، ސަގާފީ ހުށަހެޅުންތަކުގެ ގޮތުގައި ކަމަދޫ ބޮޑުބެރު ގުރޫޕާއި، ކަމަދޫ ބަނޑިޔާގެ އަދި ކަމަދޫ މާފަތިގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. ބޭރުގެ ފަންނާނުންގެ ތެރޭގައި ސްރީލަންކާގެ ދަ ސޯލް، މެލޭޝިއާގެ ރެނީ އާއި ޕްލޭން ޑީ، ޕެސެންޖަރ ސީޓް، އެޑްވިން، އޮސްޓްރޭލިއާގެ ޖެމީ ވިލްސަން އަދި ހަންގޭރީގެ ހެލްގާ ހިމެނެއެވެ.

ފެސްޓިވަލްގައި އެކި ވޯކްޝޮޕްތަކާއި، ބީޗް ކުޅިވަރުތަކުގެ އިތުރުން ސަގާފީ އަދި ދިވެހި އާޓިސްޓުންގެ އެކި ހުށަހެޅުންތައް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، އެއް ދުވަހުގެ ޓިކެޓް 465 ރުފިޔާ އަދި ތިން ދުވަހުގެ ޕާސް 1،235 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މި ޕާސްތަކުގައި ފެސްޓިވަލް ގްރައުންޑް އެކްސެސްއާއި، މިއުޒިކް އަދި ކަލިނަރީ ވޯކްޝޮޕްތަކުގެ އިތުރުން ލޯކަލް ކަޒީން ލަންޗް ބުފޭ ހިމެނެއެވެ.

ފެސްޓިވަލްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ސަންގު ޓީވީ އެވެ. އަދި ފެސްޓިވަލްއާ ގުޅޭ އިތުރު މައުލޫމާތު https://kimfmaldives.online/ މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 90%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: