ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭއައިއެމް ފެސްޓިވަލް؛ ސަސްސެޓް ހާއްސަ އޮފަރ ތިން އަތޮޅަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ބުދަ ދުވަހު ފަށާ ކަމަދޫ އައިލެންޑް މިއުޒިކް ފެސްޓިވަލްއަށް، ހާއްސަކޮށް ސަންސެޓް ޕާސްގެ ހާއްސަ އޮފާސް ތައާރަފުކޮށްފި އެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ފެސްޓިވަލްގައި ހިމެނޭ ސަންސެޓް އޮފަރ ތައާރަފުކޮށްފައި ވަނީ ނ، ރ، ބ. ޅ ގެ އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

ސަންސެޓް ޕާސްގެ ހާއްސަ އޮފަރ ގެ ޓިކެޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޮލަކަށް 200 ރުފިޔާގެ ރޭޓުންނެވެ. މި ހާއްސަ ޕާސްތައް ކަނޑައަޅާފައި ވަނީ ފަސް މީހުން ނޫނީ އެއަށް ވުރެ ގިނަ މީހުންގެ ގުރޫޕުތަކަށެވެ.

ކަމަދޫގައި ބާއްވާ މި ފެސްޓިވަލްއަކީ އެރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރަށުގެ މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ފެސްޓިވަލްގެ ސަބަބުން ރަށުގެ ވިޔަފާރިތަކަށް ކުރިއެރުން ލިބި، ރަށުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

ޓިކެޓް ބުކިންގއަށް ގުޅޭނެ ނަންބަރުތަކަކީ:

+960 7987792

+960 7987793

+960 7987794

Viber: +960 7889890

ފެސްޓިވަލްގައި އެކި ވޯކްޝޮޕްތަކާއި، ބީޗް ކުޅިވަރުތަކުގެ އިތުރުން ސަގާފީ އަދި ދިވެހި އާޓިސްޓުންގެ އެކި ހުށަހެޅުންތައް ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، އެއް ދުވަހުގެ ޓިކެޓް 465 ރުފިޔާ އަދި ތިން ދުވަހުގެ ޕާސް 1،235 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

މި ޕާސްތަކުގައި ފެސްޓިވަލް ގްރައުންޑް އެކްސެސްއާއި، މިއުޒިކް އަދި ކަލިނަރީ ވޯކްޝޮޕްތަކުގެ އިތުރުން ލޯކަލް ކަޒީން ލަންޗް ބުފޭ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: