މ.ހައުސްޕްލާޒާ ގޭގައި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފިއެވެ.
މި ޙާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން މ.ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާކަން އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 07:10 ހާއިރުއެވެ. އެ އިމާރަތަކީ މިހާރު މީހުން ދިރިނޫޅޭ އިމާރާތެކެވެ.
އޭގެ ގަޑިއިރެއް ފަހުން އެމްއެންޑީއެފުން ވަނީ އަލިފާން ކޮންޓްރޯލް ކުރެވިފައިވާކަމަށް މައުލޫމާތު ދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

