ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯރާޑިއަކުން މީހަކަށް ހަމަލާދިން މައްސަލައެއް ބަލަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލަން މަސައްކަތް ކުރި ދެ މީހަކު އަތުލައިގަނެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދިޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ހަމަލާ ދީފައިވާ މައްސަލައެއް ރޭ 23:35 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މާރާމާރީގައި ހަމަލާދީފައިވަބީ ކޯރާޑިއަކުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން ހައިވޭއިން މާލެ ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވަނީ ބުނެފައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. ފިޔޯރީ/ހީނާމާގެ ރުސްތަމް އިބްރާހިމް އަދި ބ. ގޮއިދޫ ސައިފްﷲ ފައިސަލް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: