ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެޔޮވެރިކަމުގެ މައިގަނޑު ސިފަތައް ދެމެހެއްޓުމަށް ޤާނޫނު ހަދާ މަޖިލިސްތަކުން މަސައްކަތް ކުރަން ޖެހޭ: ނާޒިމް

ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސްގައި މަޖިލިސް ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޡިމް ވާހަކަފުޅު ދެއްކެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހެޔޮވެރިކަމެއްގެ އަސާސީ ސިފަތައް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމަށް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކަށް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ގޮވާލައްވައިފިއެވެ.

ނާޒިމް މިހެން ވިދާޅުވީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ގެ ފުރަތަމަ އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދީ ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުންނެވެ.

މި ކޮންފަރެންސަކީ މި ސަރަހައްދުގެ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ މެމްބަރު ޤައުމުތަކުގެ ޕާލަމެންޓްތަކުގެ މަންދޫބުން އެއްތަނަކަށް އެއްވެ، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ޚިޔާލު އެއްގޮތްކޮށް، އެއްބާރުލުން ހަރުދަނާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މި ކޮންފަރެންސްގައި ދުނިޔެއާއި ސަރަޙައްދަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

ނާޒިމްގެ ވާހަކަފުޅުގައި، ހެޔޮވެރިކަމެއް ކުރުމުގެ އަސާސީ ސިފަތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވައި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނިންމުމާއި، ރައްޔިތުންނަށް ޖަވާބުދާރީވުމާއި، މިނިވަން މީޑިއާގެ ވެށްޓެއް ދެމެހެއްޓުމާއި، ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ކަންކަން ދެމެހެއްޓުމަށް މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް ގޮވާލެއްވިއެވެ.

މި ކޮންފަރެންސްގެ މުހިންމު ފުރުޞަތުގެ ބޭނުންހިފައި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަޅުގަނޑުމެންގެ ތަޖުރިބާތައް ހިއްސާކޮށް، އަޅުގަނޑުމެންގެ ޤައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް، އަދި ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް ބޭނުންވާ ހަރުދަނާ ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމަށް އަތުގުޅާލުމަށް.

ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން، މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ވަރުގަދަކޮށް، މިނިވަންކަމާއެކު މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމުކަމާއި މަޝްވަރާއަށް ފުރުޞަތު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

މި ކޮންފަރެންސްގެ މުހިންމު ފުރުޞަތުގެ ބޭނުންހިފައި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަޅުގަނޑުމެންގެ ތަޖުރިބާތައް ހިއްސާކޮށް، އަޅުގަނޑުމެންގެ ޤައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް، އަދި ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް ބޭނުންވާ ހަރުދަނާ ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ. މިމެޙުފިލުގައި އަޅުގަނޑުމެން ކުރިއަށް ގެންދާ މަޝްވަރާތަކުން އުފެދޭނެ މާނަވީ ބަދަލުތަކަކީ، ހަމައެކަނި އަޅުގަނޑުމެންގެ އަމިއްލަ ޤައުމުތަކަށް އެކަނި އަސަރު ކުރާނެ ބަދަލުތަކެއް ނޫނެވެ. މުޅި ސަރަހައްދަށްވެސް އޭގެ ހެޔޮ އަސަރު ފޯރާނެ ބަދަލުތަކެއް ކަން ޔަޤީން.

ނާޒިމް ވިދާޅުވިއެވެ.

ނާޒިމަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި 67 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރަންސް (ސީޕީސީ) ގައި ސީޕީއޭގެ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ މަންދޫބުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.

ނާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ މައިދާނުގައި އިތުރުވަމުންދާ ޕޮޕިއުލިޒަމާއި، ދޮގު މަޢުލޫމާތު ފެތުރުމާއި، އަދި ޑިމޮކްރެޓިކް އުސޫލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަންކަމެވެ. މި ކަންކަމާ ކުރިމަތިލުމަށް ޖަމާޢަތުގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެ އިތުރުން، ސަރަހައްދުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ފަރަގުތަކާއި، ސަލާމަތީ ނުރައްކާތަކާއި، ނިރުބަވެރިކަމާއި ދޮގު މަޢުލޫމާތު ފެތުރުމާއި އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން ހެޔޮ ވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފަދަ ގޮންޖެހުންތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މިއަދުގެ ދުނިޔޭގައި ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮންޖެހުންތަކަކީ ޤައުމީ އިންތައް ފަހަނައަޅައި، ބަވަނަ ވެފައިވާ ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިލާމެހިފައިވާ މައްސަލަތަކެއް. މިފަދަ ޙާލަތެއްގައި އެއްވެސް ޤައުމަކުން އެކަހެރި ސިޔާސަތުތަކެއް ގެންގުޅުމަކީ އެކަށީގެންވާ ޙައްލެއް ނޫން. އެހެންކަމުން، އަޅުގަނޑުމެންނަށް މިވަގުތު ކުރިމަތިވެފައިވާ ޒިންމާއަކީ މަޝްވަރާގެ މަގު ތަނަވަސްކޮށް، ބައިނަލްއަޤްވާމީ ބައިވެރިވުން އިތުރުކޮށް، އެކި ޤައުމުތަކާއި މުއައްސަސާތަކާއެކު ގުޅުން ބަދަހިކޮށް، މާ ފަހި މުސްތަޤްބަލަކާއި ފުރިހަމަ މުޖުތަމަޢެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުން.

ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކަފުޅު ނިންމަވާލެއްވީ ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި މުބާރިކުބާދީ ދަންނަވައި، ޕާކިސްތާނު ސަރުކާރަށާއި، ޕަންޖާބު ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: