ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވެއްޖެ: މިނިސްޓަރ

ސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބުނު އަހަރު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެހެން ވިދާޅުވީ ރިޔާސީ ބަޔާނާ ގުޅޭގޮތުން ބޭއްވި ޚާއްސަ ފޯރަމްގައެވެ.

ވަޒީރު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ސިޔާސަތުތައް އެކުލަވާލާފައިވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން އެ ސިޔާސަތުތައް އެކުލަވާލެވިފައިވަނީ ދީނީ ތަރުބިއްޔަތު ފެތުރުމަށްވެސް އަހަންމިއްޔަތުކަން ދީގެންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުމަށް ބޭނުންވާ އުސޫލުގެ މައްޗަށް، ދީނީ ތަރުބިއްޔަތު ފެތުރުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން

ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް މުދަލު ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބުނު އަހަރު ކަމަށާއި، އެކަމުން ދޭހަކޮށްދެނީ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރާއި ޒަކާތާމެދު ހޭލުންތެރިކަން އިތުރުވެފައިވާ މިންވަރު ކަމަށެވެ.

ވަޒީރު ވިދާޅުވީ، ދީން ޤަބޫލު ނުކުރުމާއި، ދީނީ ގޮތުން ހަރުކަށި ވުމުގެ ވިސްނުމުގެ މައްސަލަތައްވެސް ރަނގަޅު ކުރެވޭނީ ދީނީ ރަނގަޅު ގޮތް މީހުންނަށް ބުނެދީގެން ކަމަށެވެ. އެކަންކަން ރަނގަޅު ކުރެވޭނެ ގޮތްތައްވެސް އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެކަމަށްޓަކައި ރައީސްގެ ރިޔާސީ ބަޔާނުގައިވެސް އަލިއަޅުވާލައްވާފައިވާކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ދިވެހީންގެ އިސްލާމީ އަޤީދާ ވަރުގަދަކޮށް އިސްލާމްދީނާ މެދު، ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށް ޓަކައި ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަރުމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި  އެ ޕްރޮގްރާމު ހިންގިފައިވާ ކަމަށާއި، އަދި މިއަހަރުވެސް އެ ޕްރޮގްރާމް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމީ  ލީޑަރޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި ”އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް“ ޕްރޮގްރާމެއް އެކަމާގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މި އަހަރު ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: