ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށްދާނީ މި އަހަރު: މަމްދޫހު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތާރީހުގައި އަލަށް އެންމެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ފެށިގެން ކުރިއަށް ދާނެ އަހަރަކީ މިއަހަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވިއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މަމްދޫހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ބޯހިޔާވަހިކަމުގެ ގިނަ މަސައްކަތްތައް ކުރެވޭނެ ސަރުކާރެއްގެ ގޮތުގައި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ. މި އަހަރަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުން ބޯހިޔާވަހިކަމަށް 1.5 ބިލިއަން ބަޖެޓު ކުރެވިފައިވާކަން މަމްދޫހު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތާރީހުގައި އަލަށް އެންމެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ފެށިގެން ކުރިއަށް ދާނެ އަހަރަކީ މިއަހަރު ކަމަށް މަމްދޫހު ވިދާޅުވިއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ބޯހިޔާ ވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ގެދޮރު ކަށަވަރު ވެގެން ދާނެ ކަމަށާއި، 30 ހައުސިން ޔުނިޓުން ފެށިގެން 2000 ހައުސިންގ ޔުނިޓާއި ހިސާބަށް ހައުސިން ޔުނިޓުތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށްވެސް މަމްދޫހު ވިދާޅުވިއެވެ.

 ދެންހަމަ ފާހަގަކޮށްލަން ޖެހޭ، ހައުސިން ޔުނިޓްތައް، އަޅުގަނޑުމެން މި ދައްކަނީ ގާތްްގަނޑަކަށް 12000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ ވާހަކަ. މިއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް ފަސް އަހަރެއްގެ ތެރޭގައި، ދައުރެއްގެ ތެރޭގައި ބޯހިޔާވަހިކަމަށް މިއަދަދާއި ކައިރި ކުރާ ވަރަށްވެސް އެއްވެސް ވެރިކަމެއްގައި މަސައްކަތް ކުރެވިފައިވާ ތަނެއް ފެނިގެން ނުދާނެ. ކޮންމެ ވެރިކަމަކަށް އައުމުގެ ކުރިން ތަފާތު ކެމްޕެއިނުތަކުން އަޅުގަނޑުމެންނަށް ފެނިގެންދާނެ ބޯހިޔާ ވަހިކަމަށް ހައްލެއް ގެނައުމުގެ ވާހަކަތައް. އަދި އެކިއެކި ވައުދުތައް. އެހެންނަމަވެސް އަމަލީ ސިފައެއްގައި މިކަންކަމަށް މަސައްކަތް ކުރަންޖެހޭ ގޮތަށް ކުރަންޖެހޭ މިންވަރަށް ކުރެވޭ ތަނެއް ފެނިގެންނުދޭ

އެހެން ވެރިކަން ތަކާއި ހިލާފަށް ރައީސް މުއިއްޒުގެ ސަރުކާރުން ފެނިގެންދަނީ، ދައުރުގެ ކުރީކޮޅު ބޯހިޔާވަހިކަމަށް މުހިންމު މަސައްކަތަތްތަކެއް ކުރާ މަންޒަރު ކަމަށް މެމްބަރު މަމްދޫހު ވަނީ ވިދާޅުވެފައެވެ. މެމްބަރު ވިދާޅުވީ މި ދައުރު ނިންމާލުމުގެ ކުރިއަށް ބޯހިޔާވަހިކަމަށް ދިވެހިން ބޭނުންވާ ހައްލު ހޯދިފައި އޮންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: