ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

43000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި

ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއް ކުރަނީ: ފޮޓޯ/ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

43000އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް މިހާރު ނަގައިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ހޯމް މިނިސްޓްރީން ބުނެފައިވަނީ ސަރުކާރުގެ އަމާޒަކީ މި 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ. ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި، އެމީހުންގެ އައިޑެންޓިފައިކޮށް ރާއްޖެއަކީ ހުރިހާ ބިދޭސީންވެސް އެއް ހަމައެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ގޮތުގައި ހެދުމަށް ހޯމް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އޮޕަރޭޝަން ކުރަނގި ޕްރޮގްރާމް މިހާރު ވަނީ ހުރިހާ ރަށެއްގައިވެސް އިފްތިތާހު ކުރެވިފައިކަމަށާއި 59 ރަށެއްގައި އެކަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. 43000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށާއ މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާޒީގައި އެކި ސަރުކާރުތަކުން މި މަސައްކަތް އެކިގޮތް ގޮތަށް ކުރާ ތަން ފެނިފައިވާ ކަމަށާއި އެހެންނަމަވެސް ހުރިހާ ބިދޭސީން އެއްތާކަށް އެއްކޮށް މިކަމަށް ކާމިޔާބީއެއް ނުލިބި ވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ހޯމް މިނިސްޓްރީން މިކަމުގައި ވަރަށް ބޮޑަށް ރޭވުންތެރިކަން ގެންގުޅޭ ކަމަށާއި، އެންމެން އެއްތާކަށް ޖަމާ ނުކޮށް ރަށް ރަށުގައިވެސް ހަރަކާތް ކުރިއަށް ގެންދެވޭނެ ގޮތް ހޯދައިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން ރަށްރަށުގައި މި މަސައްކަތްތައް ގާތް ގަނޑަކަށް ނިމިފައިވާ ކަމަށާއި އަދި ގްރޭޓަރ މާލެ ސަރަހައްދުގައި މި މަސައްކަތް ފެށީ ރަށްރަށުގެ މަސައްކަތް ނިމުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނެފައި ވަނީ އެން.ސީ.އައި.ޓީ ގައި މިކަމަށް ފެސިލިޓީއެއް ހުންނަ ކަމަށާއި ހުކުރު ނޫން ކޮންމެ ދުވަހެއްގައިވެސް ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: