ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ރައްޔިތުން އިތުބާރު ކުރާ ފަނޑިޔާރު ގެއެކަށް ރާއްޖޭގެ ޖުޑިޝަރީ ހެދުމަށް: އުއްތަމަ ފަނޑިޔާރު

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމް އަދްނާން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުން މަސައްކަތް ކުރައްވަނީ އިންސާފުވެރި ރައްޔިތުން އިތުބާރު ކުރާ ފަނޑިޔާރު ގެއެކަށް ދިވެހިރާއްޖޭގެ ޖުޑިޝަރީ ހެދުމަށް ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމް އަދްނާން ވިދާޅުވެއްޖެއެވެ.

ގަޟާއީ އަހަރު 2025 ޖަލްސާގައި މުއުތަސިމް ވިދާޅުވީ 2008 ވަނަ އަހަރު ލިބުނު ގާނޫނުއަސާސީން ވަނީ ތިން ބާރު ވަކިކޮށްފައި ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް މުސްތަގިއްލު ފަނޑިޔަރު ގެއެއް ގާއިމުކޮށްފައިވާކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ފުރިހަމަ ގޮތެއްގައި ދައުލަތެއް ހިނގާ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވޭނީ ދައުލަތުގައި ހިމެނޭ ހުރިހާ ފަރާތަކުން އިހުލާސްތެރިކަމާއިއެކު ގާނޫނުގެ ބާރު ނަގަހައްޓައިގެން ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

މުއުތަސިމް ވިދާޅުވީ ގާނޫނުގެ ބާރު ނެގެހެއްޓުމަކީ 3 ބާރުގެ އިތުރުން މުސަތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބެވި މީހުގެ ދުސްތޫރީ ވާޖިބެއް ކަމަށެވެ. އަދުލު އިންސާފާއި ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރުން ސާބިތުކަމާއެކު ތިބެންޖެހޭކަމަށް މުއުތަސިމް ވިދާޅުވިއެވެ.

”އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ފަނޑިޔާރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރުމަކީ އަޅުގަނޑުމެން ފަނޑިޔާރުން ވެފައިވާ ވައުދެއް. މި ވައުދު ފުއްދުމަށް ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި 182 ފަނޑިޔާރުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާ. ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށް ވިސްނުންތެރި ކަމާއެކު މަސައްކަތްކޮށް މި މަސައްކަތް ކުރަނީ ތައައްސުބުން އެއްކިބާވެފައިވަ އިންސާފުވެރި ރައްޔިތުން އިތުބާރު ކުރާ ފަނޑިޔާރު ގެއެކަށް ދިވެހިރާއްޖޭގެ ޖުޑިޝަރީ ހެދުމަށް“

ޖުޑިޝަރީގެ މަސައްކަތްތައް ދިވެހިރާއްޖޭގެ އެކި ސަރހައްދު ތަކުގައި މިވަގުތު ގާއިމްކޮށްފައި ހުރި 194 ކޯޓުން ކޮންމެ ދުވަހަކު ކުރަމުންދާ ހުކުމްތަކުން ތައައްސުބުން އެއްކިބާވެފައިވާ އިންސާފުވެރި ރައްޔިތުން އިތުބާރު ކުރާ ފަނޑިޔާރު ގެއެކަށް ދިވެހިރާއްޖޭގެ ޖުޑިޝަރީ ހެދުމަށް ފަނޑިޔާރުން މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށް މުއުތަސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: