ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގް ކުށްތަކާއި ޒުވާނުން ދުރުކުރެވޭނީ، ފުރުސަތުތައް ފަހިކޮށްދީގެން: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް/ ފޮޓޯ: އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭންގް ކުށްތަކާއި ޒުވާނުން ފުރުކުރެވޭނީ، ފުރުސަތުތައް ފަހިކޮށްދީގެންކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އަޒާން ވިދާޅުވީ، މިއީ ރާއްޖޭގެ އަމަން އަމާންކަން ގާއިމްކޮށް، ގޭންގު ކުށްތަކުން ޒުވާނުން ދުރުކުރުމަށް ސަރުކާރުން އިސްކަން ދެއްވާ މިންވަރު ހާމަވާ ބިލެއްކަމަށް އަޒާން ވިދާޅުވިއެވެ.

މި ބިލު ހުށައެޅި ސަބަބާއި، މަގްސަދަށް ފުރިހަމައަށް ތާއިދު ކުރާކަން އަޒާން ހާމަކުރެއްވިއެވެ.

މިފަދަ ބޮޑު މައްސަލައެއްގެ ހައްލު ހޯދުމަށް ބިލެއް ހުށައަޅައިގެން ބަހުސް ކުރާއިރު، ޒުވާން އުމުރުގައި ގޭންގް މާރާމާރީގެ ތެރެއަށް ވަންނަނީ ކީއްވެގެންތޯ ބަލަން ޖެހޭކަމަށް ފާހަގަކޮށް އަޒާން ވިދާޅުވީ ހައްލު ހޯދަން ޖެހެނީ އެކަންތައްތަކަށްކަމަށެވެ.

އެއްވެސް ކުއްޖަކު ސުކޫލު ދައުރުގައި، މަދަރުދީ ހަޔާތުގައި، އެމްބިޝަންއަކަށް ނަހަދާނެ ބޮޑުވެގެން ގޭންގް މީހަކަށް ވާކަށް. އެހެން ނަމަވެސް އެ ކުއްޖާ ޒުވާން އުމުރު ފުރާގައި ގޭންގް މެންބަރަކަށް ވެގެން މިދަނީ އެ ކުއްޖާ އުޅެ ބޮޑުވާ މާހައުލުގެ ސަބަބުން.

އަޒާން ވިދާޅުވިއެވެ.

ޅަ އުމުރުގައި ގޭންގް މެންބަރަކަށް ވެގެންދަނީ އުޅޭ މާހައުލުގައި ސަބަބުންކަމަށް އަޒާން ވިދާޅުވިއެވެ.

ޒުވާން އުމުރުގައި ވަޒީފާގެ ފުރުސަތު ނުލިބިދާކަމަށާއި، އެހެން އުޅެނިކޮށް ދެން ފެންނަނީ ގޭންގް ކުށްތަކުގައި ހަރަކާތްތެރިވާ ބައެއްކަމަށް ފާހަގަކޮށް އަޒާން ވިދާޅުވީ، ގޭންގް ކުށްތަކުގެ ތެރެއަށް ވަދެވޭ ގޮތަކީ މިއީކަމަށެވެ. އަދި ފައިސާއާއި މެދު އުފެދޭ ދަހިވެތިކަމަކީ މިކަމުގެ މައިގަނޑު އެއް ސަބަބުކަމަށް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުން ގޭންގްތަކާއި ގުޅިގެން ހަދާފައި ހުރި ދިރާސާތަކުން މިކަންކަން ހާމަވާކަމަށް އަޒާން ވިދާޅުވިއެވެ. މިފަދަ ކަންކަމުގައި ޝާމިލުވާ ޒުވާނުން މިކަންކަމާއި ދުރަށް ދާން ބޭނުންވާކަމަށާއި، އެހެންކަމުން މި މައްސަލައަށް ހައްލު ހޯދުމަށް ކުރަންވީ ކަމަކީ ޒުވާނުންނަށް ނުލިބި ހުރި ފުރުސަތުތައް ފަހިކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ތައުލީމުގެ ފުރުސަތުތަކާއި، ވަޒީފާގެ ފުރުސަތުތައް މުހިންމުކަމަށް އަޒާން ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގެ ވާހަކަ ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އައްޑޫއަކީ އެންމ ެކުށް ގިނަ އެއް ސަރަހައްދުކަމަށެވެ. އެއީ އައްޑޫގައި އިގްތިސާދީ ފުރުސަތުތައް މަދުވުމުންކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެން ޖަލަށް ލައިގެން މި މައްސަލައަށް ހައްލު ހޯދުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އަޒާން ފާހަގަކުރެއްވިއެވެ. މައްސަލަ ހައްލުނުވެ އޮތީ ގާނޫނުތަކެއް ނެތިގެން ނޫންކަމަށާއި، ބަލަން ޖެހެނީ ގާނޫނު ތަންފީޒު ކުރެވޭތޯކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: