ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ ”ރަށު އެކްސްޕޯ“ގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ
މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ ރައްޔިތުންނާ ގުޅޭ މިފަދަ އެކްސްޕޯއެއްގައި ބީއެމްއެލް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ފަޚުރެއް ކަމަށާއި، މިއީ ވިޔަފާރިތަކާ އާއްމުން ގުޅުވާލަދޭނެ މުހިއްމު އެކްސްޕޯއަކަށް ވެގެންދާނޭކަށް އުއްމީދުކުރައްވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ރަށު އެކްސްޕޯގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކު ދޭ އަހަމިއްޔަތުކަން ހާމަވާކަމެއް ކަމަށެވެ.
އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭންކިންގ ޚިދުމަތް ދޭ ކުންފުނިން މި އިވެންޓުގައި ބައިވެރިވިކަމީ އެ އެކްސްޕޯ އަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ދާއިރާގައި އުފެދިގެން އަންނަ ކުންފުނިތަކާއި ރަށްރަށުގެ ތަރައްގީއަށް ބީއެމްއެލްއިން އިސްކަންދޭކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”ރަށު އެކްސްޕޯ“ ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލް ހުންނާނެއެވެ.

