ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެއި 6 ޙަމަލާ: އިތުރު ދެ ހެއްކެއްގެ ހެކިބަސް ނަގައިފި

މެއި 6 ހަމަލާގެ ޝަރީއަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީވެސް ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

ފުރަތަމަ ހާޒިރުވި ހެކިވެރިޔާއަކީ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރެވެ. އޭނާ ވަނީ މި މައްސަލައާ ގުޅޭ ކާރު ބަލައި އެއިން ހެކި ނަގާފައެވެ. އެގޮތުން ކާރުގެ ތެރޭގައި ލޭ ހުރިކަމަށް އޭނާ ކިޔާދިނެވެ. އަދި ކާރުގެ ތެރެއިން ރިޕޯޓު ތައްޔާރު ކުރުމަށް ބޭނުންވާ ފޮޓޯ ނަގާފައިވާނެކަމަށްވެސް އޭނާ ވަނީ ކިޔާދީފައެވެ.

ދެން ހާޒިރުކުރި ހެކިވެރިޔާއަކީ ކްރައިމް ސީން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުންދާ ސީން އޮފް ކްރައިމް އޮފިސަރެކެވެ. އޭނާއަކީ މި މައްސަލައާ ގުޅޭ ކުށުގެ ވެށިން ފާހަގަ ކުރެވިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް ތައްޔާރުކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ މި މައްސަލައިގެ ޙާދިސާ ހިނގި މަޖީދީމަގާއި ނީލޯފަރު މަގު ސަރަޙައްދާއި އެ ސަރަޙައްދުގައި ހުރި ފިހާރައެއް ބަލައި، އެ ތަނުގައި ޙާދިސާއާ ގުޅުންހުރި ކަންކަން ހޯދުމަށް ޙަރަކާތްތެރިވެފައެވެ.

އޭނާ ކިޔާދިން ގޮތުގައި ފިހާރައިގެ ބިއްލޫރިގަނޑު ފޫ އަޅައިގެން ގޮސްފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. އަދި ފިހާރައިގެ ތެރޭގައި ހުރި ދަބަހެއްގައިވެސް ފޫއަޅާފައިވާކަން ފާހަގަވި ކަމަށާއި، އެތަނުގެ ތެރެއިން ރޭޒަރ ފުއް ފެނިފައިވާކަމަށް އޭނާ ކިޔާދިނެވެ.

އެތަނުން ފެނުނު ރޭޒަރ ފުއް އެތަނުން ނެގުމަށް ފަހު ލެބޯޓަރީއާ ޙަވާލުކޮށްފައިވާނެ ކަމަށާއި، އެ ސަރަޙައްދުން ފެނުނު މަންޒަރުތަކުގެ ފޮޓޯ ނަގާފައިވާނެކަމަށްވެސް އެ ހެކިވެރިޔާ ކިޔާދިނެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި ނަޝީދުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހެކިބަސް ދެއްވަމުން ނަޝީދުގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރަކު ވަނީ ފަރުވާގެ ތެރެއިން ނަޝީދުގެ ހިތްވެސް ހުއްޓުނުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ޑޮކްޓަރު ވިދާޅުވީ، މައި ލޭހޮޅި ތެރޭގައި ރޭޒާފުށް އޮތް ކަމަށާއި، އެއީ ފުރާނައަށް ވަރަށް ނުރައްކާވި ކަމެއް ކަމަށެވެ. އަދި އެ ރޭޒާފުއް ނެގުމަށް މަސައްކަތް ކުރިއިރު ނަޝީދުގެ ވިންދު ވެސް ހުއްޓުނު ކަމަށް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ޤާޟީ ޞަފްވަތު ޙަބީބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: