ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕް އަތުލުމުގެ ބާރު ފުލުހުންނަށް ދީފި

ވޭޕް ކުރަން ބޭނުން ކުރާ އާލަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ވޭޕްގެ އާލަތްތައް އަތުލައި، ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު މިއަދު އާންމުކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް ކުރުން މަނާކޮށް، މިކަން ކުރާ މީހުން ޖޫރިމަނާ ކުރަމުން އައި ނަމަވެސް، ފުލުހުންނަށް ވޭޕް އަތުލުމުގެ ބާރެއް ނޯވެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ގެޒެޓްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދުގައިވާ ގޮތުން، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެއާއެކު ބޭނުން ކުރުމަށް އުފައްދާފައިވާ އެއްޗެއް ބޭނުންކޮށްފިނަމަ ނުވަތަ އަތުގައި އޮތްނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް އޮންނާނެ ކަމަށެވެ. އަދި އެފަދަ ތަކެތި އަތުލުމަށް ފަހު އަނބުރާ ނުދެވޭނެ ކަމަށާއި އަދި އެ ތަކެތި ނައްތާލެވޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

މިގޮތަށް ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް އަމަލު ކުރަން ފެށުމާއި އެކު، ވޭޕް ބޭނުން ކުރާ މީހުންނަށް 5000 ރުުފިޔާގެ ޖުރިމަނާއެއް އަންނާނެ އެވެ. އަދި ވޭޕް ވިއްކައި އޭގެއިން ވިޔަފާރި ކުރާނަމަ އެ މީހަކަށް 20،000 ރުފިޔާއިން ޖުރިމަނާކޮށް، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: