ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ނިއުދެއްލީ ރެއިލްވޭ ސްޓޭޝަންގައި ހިނގި މަރުގެ ހާދިސާގައި 18 މީހުން މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ވެރިރަށް ނިއުދެއްލީގެ ރެއިލްވޭ ސްޓޭޝަނެއްގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 18 މީހުން މަރުވެ، 10 މީހުން ޒަޚަމްވެއްޖެއެވެ. ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.

މި ހާދިސާ ހިނގާފައިވަނީ ރެއިލްވޭ ސްޓޭޝަނަށް އެތައް ހާސް ބަޔަކު އެއްވެ، ތޮއްޖެހި ޑިލޭވެފައިވާ ރޭލްތަކަށް އެންމެން އަރަން އުޅުމުގެ ތެރޭގައި، ބައެއް މީހުން ވެއްޓި ދަށުވެގެން ދިޔުމުގެ ސަބަބުންނެވެ. އިންޑިއާގެ އޮފިޝަލުން ނެރުނު ލިސްޓުން ދައްކާގޮތުގައި މި ހާދިސާގެ ޝިކާރައަކަށްވެފައިވަނީ 4 ކުޑަކުދިންނާއި 10 އަންހެނުންނެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ވަނީ، މަރުވި މީހުންގެ ޢާއިލާތަކަށް ހަމްދަރުދީ ފާޅުކުރައްވާފައެވެ.

އިންޑިއާގައި މިފަދަ ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ. ޚާއްޞަކޮށް ދީނީ ހަރަކާތްތަކާއި ޢީދުތަކުގައި އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ތަންތަނުގައި މިފަދަ ހާދިސާތައް ހިނގާކަން ފާހަގަކުރެވެއެވެ. އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ މުމްބާއީގައި ބޭއްވުނު ދީނީ ހަރަކާތެއްގައެވެ. އެ ހާދިސާގައި 30 މީހަކު މަރުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: