ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީގެ ކުންފުނި ޓިކާ އާއި މޯލްޑިވްސް ޕޮލީ ޓެކްނިކް ގުޅިގެން ސެޒެރީ ލެބްއެއް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތުރުކީގެ ކުންފުނި ޓިކާ އާއި މޯލްޑިވްސް ޕޮލީ ޓެކްނިކް ގުޅިގެން ސެޒެރީ ލެބް އެއް ހުޅުވައިފިއެވެ.

މި ލެބް ގާއިމުކުރެވިފައިވަނީ، ޕޮލީޓެކްނިކް ބިލްޑިންގ ގައެވެ. އެގޮތުން، މި ލެބްގައި އޭއައި، ރޮބޮޓިކްސް، ތްރީޑީ މޮޑެލިންގ އަދި ޕްރޮގުރާމިންގެ ހުނަރުތައް ދަަސްކޮށްދިނުމުގެ ގާބިލްކަން ލިބިގެންވެއެވެ.

ދިވެހިރާއްޖެއަށް މިފަދަ ޒަމާނީ ލެބެއް ވުޖޫދަށް ގެނައުމުގެ މަސައްކަތުގެ ފަހަތުގައިވާ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރަ އެންޑ ސްކްލިސް ޑެވެލޮޕްމެންޓ އަށާއި އަދި ތުރުކީ ސަރަކާތަށް ވަނީ މޯލްޑިވްސް ޕޮލީޓެކްނިކް އިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ޝުކުރުއަދާކޮށްފައެެވެ.

ދިވެހިރާއްޖޭގެ ޕޮލީޓެކްނިކްއަކީ ދިވެހިރާއްޖޭގެ ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދޭ އެންމެ އިސް ކުންފުނިއެވެ. އެގޮތުން، ޕޮލިޓެކްނިކް އިން މަސައްކަތުގެ މާހައުލަށް ނުކުންނަ ގިނަ ޒުވާނުންނަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދިނުމުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: