ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ވިސްނުމަކަށް ގޮސް، ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ދާން ނިންމި ނިންމުން ބަދަލު ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިއުމަށް ނިންމި ނިންމުން ބަދަލު ކުރުމަށް ނިންމާފައިވާކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރޯދަ މަހު މަޖިލިސް ޗުއްޓީއަށް ގޮސް، ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ މަސައްކަތް ފެށޭ ތާރީހު އަވަސް ކުރުމަށް ނިންމާފައި ވަނީ މަޖިލީހުގެ އާންމު ކޮމިޓީއަށް މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުﷲ ރިފާއު އެގޮތަށް ހުށަހެޅުމުންނެވެ. އެ ހުށަހެޅުމަށް ކޮމިޓީގައި ދެކޮޅު ހަދާފައި ވަނީ އެމްޑީޕީގެ މެމްބަރުންނެވެ.

އެ ނިންމުން ފާސްކުރުމާއި އެކު، މީޑިއާތަކުން ހަބަރު ގެނައުމުން ގިނަ ބައެއްގެ ފާޑުކިއުން ޕީއެންސީގެ މެމްބަރުންނަށް އަމާޒުވިއެވެ. އެކަމަކު އެ ނިންމުމާއި ގުޅޭގޮތުން ފަހުން މީޑިއާތަކަށް ފަލހު ވިދާޅުވީ ރޯދަ މަހު ޗުއްޓީއަށް ދިއުމަށް ނިންމާފައި ވަނީ ފަހު ދިހައެއްގައި ސަރުކާރު ބަންދުވާތީ މަޖިލީހުގެ މަސައްކަތަށް ލިބޭ މުއްދަތާއި ވަގުތު ކުޑަވުމުން ކަމަށެވެ.

މަޖިލިސް ޗުއްޓީއަށް ދާން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، އެދެވޭ މަސައްކަތެއް މަދު ވަގުތުކޮޅެއްގެ ތެރޭގައި ނުކުރެވުމުން ހިމެނޭކަމަށް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: