ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) ގެ ސޯޝަލް މީޑިއާ އެކަންޓްތައް އިފްތިތާހުކޮށްފިއެވެ.
މި އެކަންޓުތައް އިފްތިތާހުކޮށްފައި ވަނީ، ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ސިފަމާއިން، ސިފައިންގެ އާއިލާތަށް ހާއްސަކޮށް ބޭއްވި ”އާއިލީ މާހެފުން 1446“ ގައެވެ.
ސިފަމާއިން ކުރިޔަށް ގެންދިޔަ މާހެފުމުގެ ހަފްލާގައި، މި އެކަންޓުތައް އިފްތިތާހްކޮށްދެއްވައިފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ގެނެރަލް އިބްރާހިމް ހަލީމެވެ.
އިފްތިތާހު ކުރެވުނު ސޯޝަލް މީޑިއާ އެކަންޓުތަކުގައި މެޓާގެ 2 ޕްލެޓްފޯމާއި އެކްސް ހިމެނެއެވެ. އެއީ ފޭސްބުކް އަދި އިންސްޓަގްރާމްއެވެ.
ސިފަމާއަކީ ދިވެހި ސިފައިންނާއި އަދި ދިވެހި ސިފައިންގެ އާއިލާތަކާއި ގުޅުން ހުރި މުހިއްމު މަގްސަދުތައް ހާސިލުކުރުމުގެ ނިޔަތުގައި، ރަޖިސްޓްރީކޮށް ހިންގަމުންދާ މަދަނީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގައި ހިމެނޭނީ ސިފައިންގެ އާއިލާ މީހުންނެވެ.

