ހުޅުލެ ފަޅުތެރެއަށް އެޅުނު ކަޅުތެޔޮ ސާފުކުރުމަށް އެމްއެންޑީއެފްއިން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާއާއި ގުޅޭ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ 15:20 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނިއެވެ. އަދި ހާދިސާގެ މައުލޫމާތު ލިބުމާއި އެކު
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވެފައި ކަމަށް އެ އިދާރާއިން ބުނިއެވެ.
އެމްއެންޑީއެފްއިން އިތުރު މައުލޫމާތު ހާމަކުރަމުން ބުނެފައިވަނީ، ކަޅުތެޔޮ އެޅިފައިވަނީ ހުޅުލެ އައިލެންޑް ހޮޓަލާ ދިމާލަށް ކަމަށެވެ.
މިފަދަ ހާދިސާތަައް ހިންގުމާއި އެކު އެމްއެންޑީއެފްއިން ހާއްސަ ސަމާލުކަމެއް ދީގެން ހަރަކާތްތެރިވެއެވެ. މިއީ، ތިމާވެއްޓަށް ލިބިގެންދާނެ ގެއްލުން ކުޑަ ކުރުމަށް ކުރެވިގެންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.

