ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދީނީ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް، ”ރޯދަމަހަށް ފަރުވާތެރިވުން“ ނަމުގައި ދީނީ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އެ ކުންފުނީގެ މުވައްޒަފުންނަށް ދީނާއި މެދު ލޯބި އިތުރުކުރުމުގެ ގޮތުން ނަމާދާއި، ރޯދައާއި ގުޅުންހުރި މައުލޫމާތު ދީފައިވާކަމަށެވެ.

މި ސެޝަން ކުރިޔަށް ގެންގޮސްފައި ވަނީ، އިސްލާމިކް މިނިސްޓްރީންނެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ، މި ސެޝަނުގެ އަލީގައި، ސްޓެލްކޯގެ މުވައްޒަފުންނަށް ރޯދައާއި ނަމާދާއި ގުޅޭ ވަރަށް އަގުހުރި މައުލޫމާތު ލިބިގެންދިޔަ ކަމަށެވެ.

ރޯދަމަހުގެ ކުރިން އަދި ރޯދަމަހުގެ ތެރޭގައި ދީނަށް މީހުން އަހުލުވެރިކުރުމަށް ތަފާތު އެކި ސެޝަންތަކާއި ޕްރޮގުރާމްތައް އިންތިޒާމުކޮށް، ކުންފުނިތަކާއި އިދާރާތަކުން އަބަދުވެސް ކުރިޔަށް ގެންދެވެ. އެގޮތުން، މި ރޯދަ މަހުގައި ވެސް އިސްލާމިކް މިނިސްޓްރީން ގިނަ ޕްރޮގުރާމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: