ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްފަންނުގަ މޫދަށް އެރޭ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްފަންނުގައި މޫދަށް އެރުމަށް އޮތް ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިކާމާ ގުޅޭ ގޮތުން ގެޒެޓްކުރި އިއުލާނެއްގައި ވަނީ، ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަހައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވޭތީ، އެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ހޯމަ ދުވަހުން ފެށިގެން އެ ސަރަހައްދު ބަންދުކުރެވޭނެކަމަށެވެ.

މި މަސައްކަތް ކުރުން ފެށުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 9:00 ފެށިގެންކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. އެހެންކަމުން، މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން، އެ ސަރަހައްދު އާންމުންނަށް ބަންދުކުރެވޭނެކަމަށް އިއުލާނުގައިވެއެވެ.

ރަސްފަންނު ބިީޗް ހެދިތާ 9 އަހަރު ފުރިފައިވާއިރު، އެ ބީޗަށް ދުވަސްވުމާއި ގުޅިގެން މަރާމާތު ނުކުރެވި ވީރާނާވުމުގެ ކަންބޮޑުވުން އެބައޮތެވެ. މިކަމަށް ހައްލެއް ގަނައުމަށްޓަކައި ރައީސުލުޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހުކުރު ދުވަހު ރަސްފަންނަށް ޒިޔާރަތް ކުރައްވައި، މި ތަންތަނުގެ މަރާމާތު މަސައްކަތް ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: