ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުއްޖަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ކުރި މައްސަލައެއް!

ޖިންސީ ގޯނާއާއި ގެވެށި އަނިޔާއާއި ދެކޮޅަށް ޒުވާނުންތަކެއް ނިކުމެ ކުރިޔަށް ގެންދިޔަ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އާއިލާގެ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ތަކުރާރުކޮށް ކުޑަ އަންހެން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 18 އަހަރުން ދަށުގެ އަންހެން ކުއްޖާއަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއްގެ ރިޕޯޓު ލިބި ތަހުގީގު ކުރަމުންދާކަމަށެވެ.

ޖިންސީ ގޯނާއާއި، އަނިޔާއާއި ގުޅުން ހުރި މިފަދަ މައްސަލަތައް ރިޕޯޓު ކުރާ އަތޮޅު ނުވަތަ ރަށް ފުލުހުން ހާމައެއް ނުކުރާނެ އެވެ. އަދި ހާއްސަކޮށް ކުޑަކުދިންނާއި ގުޅުން ހުރި މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ކިރިޔާ ވެސް އެނގިދާނެ ފަދަ އެއްވެސް މައުލޫމާރެއް ހާމަކުރުން ގާނޫން މަނާވާނެ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ހުށަހަޅާފައި ވަނީ ނ އަތޮޅުން ޅ އަތޮޅުގެ ސަރަހައްދު ހިމެނޭ ރަށަކުންނެވެ.

ފުލުހުންގެ މެސެޖުގައި ބުނެފައިވާ ގޮތުން، އިތުބާރު ކުރެވޭ މަގާމެއްގައި ތިބެ ދެ މީހަކު 2024 ވަނަ އަހަރާއި، އޭގެ ދެ އަހަރު ކުރިން އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ރިޕޯޓު ލިބިފައި ވަނީ މިދިޔަ މަހުގެ 20 ގައެވެ.

މި މައްސަލައިގެ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 80%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: