ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް މައްސަލައެއްގައި ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ގެ ދައުވާ ސާބިތުވެއްޖެ!

މި މައްސަލައިގައި ދައުވާ އުފުލާފައިވާ ،މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައެއްގައި އުފުލާފައިވާ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާއެއް ފުރަތަމަ ފަހަރަށް ސާބިތުވެއްޖެއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފްއާއި، ކ. މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހީމް، ހުޅުމާލެ. ފްލެޓް ނަންބަރު 01-ޖީ-45 ހުޅުމާލެ، ހަސަން ރަޝީދު އަދި ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު ހިމެނެއެވެ. މި ހަތަރު މީހުންގެ މައްޗަށް އުފުލީ ދެ ދައުވާއެކެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، މަނީލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ގުޅެނީ 12 ޖަނަވަރީ 2021 ވަނަ ދުވަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާއެވެ. އެގޮތުން އެ މައްސަލައިގައި ހިމެނޭ ފަރާތްތަކެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން، މަނީ ލޯންޑަރިންގެ ދައުވާވެސް އުފުލާފައިވާއިރު، މިއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާކުރުމަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ އެ 4 މީހުންވެސް އުމުރަށް ޖަލަށް ލުމަށް ޙުކުމްކޮށް، ކުށްކޮށްގެން ހޯދި މުދާ ދައުލަތަށް ނަގަން ޙުކުމްކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މިހާރު އެމީހުންގެ މައްޗަށް ސާބިތުވެފައި މިވަނީ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ފުލުހުން ބަލައި ފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވެއެވެ.

މި ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ޙަސަން ލޫތު އަދި ޙަސަން ރަޝީދު 5 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު 500،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ޙުކުމްކޮށްފައެވެ. އަދި އިސްމާއިލް ޝަރީފާއި ސާނިޔާ އިބްރާހިމް 5 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ޙުކުމްކޮށްފައެވެ.

މި ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ޙުކުމުގައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: