ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު މައްސަލައަކީ މަގާމުގެ ދިފާއުގައި މަސްއޫލިއްޔަތު އަދާ ނުކުރުން: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރުމަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ (އޭ.ސީ.ސީ) ނައިބު ރައީސް އައްޔަނުކުރުމުގެ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، މައުރޫފް ފާހަގަކުރެއްވީ ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުގެ ސަބަބުން މަޖިލިސް މެންބަރުން އަޅުވެތިވެފައިވާ ކަމަށެވެ. މި ގޮތުން އޭނާ އިޝާރާތްކުރެއްވީ، ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙަށެވެ.

އޭ.ސީ.ސީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މައުރޫފް ވިދާޅުވީ މިނިވަން މުއައްސަސާތަކާއި، ޝަރުޢީ ކޯޓުތަކާއި، އަދި އެހެނިހެން ދައުލަތުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން، މަޤާމު ދެމެހެއްޓުމަށްޓަކައި މަސްއޫލިއްޔަތު އަދާނުކުރާ މިންވަރު ވަރަށް ކަންބޮޑުވާ ހިސާބުގައިވާ ކަމަށެވެ. އަދި ފުލުހުންނާއި، ސިފައިންނާއި، މިނިވަން މުއައްސަސާތަކުގެ ތެރޭގައިވެސް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ހިނގާކަމުގެ ޚަބަރުތައް ފެތުރެމުންދާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މުއައްސަސާތައް ބެލެހެއްޓުމާ ޙަވާލުވެ ތިއްބެވި ފަރާތްތަކުގެ މެދުގައިވެސް މިފަދަ މައްސަލަތައް ހުރިކަމަށް މައުރޫފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން އައްޔަނުކުރެވޭ ފަރާތްތައް މަގާމުގެ ބޭނުމުގައި ހަވާލު ކުރެވޭ ޒިންމާ އަދާ ނުކުރެވޭ މައްސަލަ، އަޅުގަނޑުމެންނަށް އަޑޫ އިވިގެން މިދަނީ މިފްކޯގައިވެސް އިންތިހާއަށް ކޮރަޕްޝަން ހިނގާ ވާހަކަ. އަޅުނޑުމެންނަށް އަޑު އިވިގެންދަނީ ކޮންމެ ދިމާއަކުން ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާ ވާހަކަ.

މައުރޫފް ވިދާޅުވިއެވެ.

މިފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އުފައްދާ މިނިވަން މުއައްސަސާތަކަށް މީހުން އައްޔަނުކުރުމުގެ ބާރު، ރައީސުލްޖުމްހުރިއްޔާއަށް އޮތުމުން ނުފޫޒު ފޯރުވާނެކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދައުލަތް ހިންގުމުގެ މުޅި ނިޒާމް ބޮއްސުންލައިގެންދާކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ގާނޫނަށް ބަދަލުތައް ގެންނަމުން ދަނީ މިފަދައިންކަމަށް އޭނާ ވިދާޅުވިއެވެ. އެއާއިއެކު ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިހްތިޔާރުކުރައްވާ ބޭފުޅަކަށް ރުހުން ދިނުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވޭނެކަމަށެވެ. އެއަށްފަހު އެމީހަކު މަގާމަށް އައްޔަނުކުރެވޭނީ މަޖިލީހުގެ ކޮމިޓީއިން ބެލުމަށްފަހު، މެންބަރުންގެ ވޯޓަކާއިއެކުކަމަށް ވިދާޅުވިއެވެ.

މައުރޫފް ފާހަގަކުރެއްވީ އެކި މައްސަލަތައް ބެލުމުގައި ތަފާތުކުރުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްސަލަ ނުބައްލަވާކަމަށްވެސް ވިދާޅުވިއެވެ.

އެއާއިއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ރައީސުލްޖުމްހުރިއްޔާ ފޮނުވާ ނަން ފާސް ނުކުރުމުގެ އިހުތިޔާރު މަޖިލީހަށް އޮންނަކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މެންބަރުގެ ވާހަކައިގައި އޭސީސީއަށް އައްޔަނުކުރެވެނީ ރައީސުލްޖުމްހުރިއްޔާ ބޭނުންވާ މީހެއްކަމަށް ވިދާޅުވުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: