ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިނގަމުން ދަނީ ޕާޓީތަކުގެ ޖަލްސާއެއް ނޫން، މަޖިލީހުގައި ޕީއެންސީ މެމްބާޝިޕްގެ ވާހަކަ ނުދެއްކޭނެ: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައިވާ މައްސަލަތަކާއި ރިޕޯޓުތަކުގެ ބޭރުން، ސިޔާސީ ޕާޓީތަކުގެ މެމްބާޝިޕް ނުވަތަ ޕީއެންސީގެ ވާހަކަ ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިލްތިމާސް ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި އޮތީ އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާއި ގުޅޭ ކޮމިޓީގެ ރިޕޯޓަށް ވާހަކަ ދެއްކުމެވެ. މިނިވަން މުވައްސަސާތަކުގެ ވެރިން ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރުމަކީ، ކޮމިޝަނުގެ މިނިވަންކަމަށް ހުރަސްއަޅައި ނުފޫޒު ފޯރުވުންކަމަށް އެމްޑީޕީގެ މެމްބަރުން ޖަލްސާގައި ތުހުމަތު ކުރިއެވެ.

އެގޮތުން ރިޕޯޓުގެ ބަހުސްގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ވިދާޅުވަމުން ގެންދެވީ، އެންމެ ފަހުން ފެންމަތިވެގެން އައި ޕީއެންސީގެ މެމްބާޝިޕްގެ މައްސަލައެވެ. މިއީ އޮޅުވާލައިގެން، ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ހިންގި އަމަލެއްކަމަށް ތުހުމަތު ކުރައްވައި ޒިޔާދު ވިދާޅުވީ މަގާމުގެ ބިރަށް އިލެކްޝަންސް ކޮމިޝަން ވެސް އޮތީ މައްސަލައިގައި ވާހަކަ ދައްކަން ފަސްޖެހިފައިކަމަށެވެ. އަދި ޑޭޓާ ބޭސް ބޭނުން ކުރި މިނިސްޓްރީއަކީ، އެފަދަ މައްސަލަތައް ބަލަން އޮތް ވުޒާރާކަމަށް ވިދާޅުވި އެވެ.

މި މައުޟޫއުގައި ޒިޔާދު ދިގުކޮށް ވާހަކަ ދެއްކެވިއިރު، ވަކި ހިސާބަކުން ރިޔާސަތުގައި ހުންނަވައި އަބްދުއްރަހީމް ވަނީ ކޮމިޓީ ރިޕޯޓަށް ވާހަކަ ދެއްކެވުމަށް ވިދާޅުވެފަ އެވެ. އަދި ޕީއެންސީގެ މެމްބާޝިޕްގެ ވާހަކައަކީ، މިއަދު ވާހަކަ ދައްކަން ހަމަޖެހިފައި އޮތް މައްސަލައެއް ނޫންކަމަށް ވިދާޅުވި އެވެ.

ޒިޔާދު އަނެއްކާވެސް، މެމްބާޝިޕްގެ ވާހަކަ ފެއްޓެވުމުން ދެން ނިޒާމީ ނުކުތާއެއް ނެންގެވީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހެވެ. ފަލާހު ވިދާޅުވީ ޕީއެންސީގެ މެމްބާޝިޕާއި ގުޅޭގޮތުން ވާހަކަ ދައްކަވައި، ރިޕޯޓުގެ މައުޟޫއިން ބޭރުވުމުން ވެސް ރިޔާސަތުން އެކަމަށް ފުރުސަތު ދެމުންދާކަމަށެވެ.

މިހާރު ދަމުން ދަމުން ގޮސް މިހާރު އެ ދައްކަނީ، ސިޔާސީ ޕާޓީ.. އަޅުގަނޑުމެން ޕީއެންސީއަށް މީހުން ވެއްދި ވާހަކަ.. ޕީއެންސީއަށް މީހުން ވައްދާފައި ހުންނާނީ ގަވައިދުން.. ނުގަވައިދުން އެ މެމްބަރު އަމިއްލައަށް ވަދެފައި އޮތީ..

ފަލާހުގެ ނިޒާމީ ނުކުތާއަށް އަބްދުއްރަހީމް ވިދާޅުވީ ޒިޔާދު މައުޟޫއިން ބޭރުވެ ދައްކަވަމުން ގެންދެވި ވާހަކަ ވަކި ހިސާބަކުން ހުއްޓުވިކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ހިނގަމުން ދަނީ ޕާޓީގެ ޖަލްސާއެއް ނޫންކަމަށާއި އެހެންކަމުން މެމްބާޝިޕްގެ ވާހަކަތައް ނުދެއްކާނެކަމަށެވެ. އަދި މައުޟޫއުއިން ބޭރު ނުވުމަށް ޒިޔާދަށް ތަކުރާރުކޮށް ދެންނެވިކަމަށް ވެސް ވިދާޅުވިއެވެ.

ފުރަތަމަކަމަކަށް ދަންނަވާލަން ބޭނުން ވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރުގެ ވާހަކަ ވަކި ހިސާބަކަށް ދިޔައީމަ.. އެ ވާހަކަ ނުދައްކަން އިލްތިމާސްކޮށް ދަންނަވާފައި.. އެ ވާހަކަ ދެންނެވިން މިހާރު ތިޔަ ވާހަކަ ދައްކަވަނީ ރިޕޯޓަކަށް ނޫނޭ.. ރިޕޯޓަށް ވާހަކަ ދައްކަވާށޭ.. ދެން ޕީއެންސީއަށް މެމްބަރުން ވެއްދުމާއި ނުވެއްދުމުގެ ވާހަކަ މިތަނުގައި ނުއެއް ދެއްކޭނެ.. އެއީ މިއީ ޕާޓީ ޖަލްސާއެއް ނޫން ބާއްވައިގެން މި އުޅެނީ.. ރައްޔިތުންގެ މަޖިލީސް މި ހިނގަމުން ދަނީ..

ރިޕޯޓަށް ވާހަކަ ދެއްކެވުމަށް އިލްތިމާކޮށް ފުރުސަތު ދިނުމުން ޒިޔާދު ވިދާޅުވީ ބޭއިންސާފުން ހިނގި މި ކަންކަމުގެ ވާހަކަ މާދަމާ ނަންގަވަނީ އަބްދުއްރަހީމްކަމަށެވެ. އޭގެ ސަބަބަކީ ޕީއެންސީން އަބްދުއްރަހީމް މެދު ވެސް ނާއިންސާފުން އަމަލު ކުރުންކަމަށް ޒިޔާދު ވިދާޅުވި އެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: