މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަގާމަށް ތޯރިގު އިބްރާހިމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިބްރާހިމް ފައިސަލް ވަކިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެންވައިރޮމެންޓާއި ޓޫރިޒަމް އެއްކޮށްލެއްވުމަށެވެ. އަދި މިނިސްޓަރަކަށް އައްޔަނު ކުރެއްވީ އެންވައިރޮމެންޓް މިނިސްޓަރަކަށް ހުންނެވި ތޯރިގެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޯރިގަށް ރުހުން ދިނުމަށް ފެންނަކަމަށް 69 މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ތޯރިގަށް ރުހުން ދޭން ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައި ނުވެއެވެ.
ދެ މިނިސްޓްރީ އެއްކޮލުމުން ގިނަ ބަޔަކު އުފައްދާ ސުވާލަށް ދާދިފަހުން ތޯރިގު ވާހަކަ ދައްކަވާފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ކުރިޔަށް ގެންދާ ”އަހާ ފޯރަމް“ ގައި ތޯރިގު ވިދާޅުވީ އެންވައިރޮމެންޓް މިނިސްޓްރީއާއި، ޓުއިރިޒަމް އެއްކުރުމުން ނަތީޖާ ނެރެން މާ ފަސޭހަވާނެކަމަށާއި ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނަ ސަބަބަކީ ތިމާވެށީގެ މުއްސަނދިކަންކަމަށެވެ.
ގައުމުގެ ފަތުރުވެރިކަން ކުރިއަރާފައިވާ ސަބަބުތަކުގެ ތެރޭގައި ތިމަވެށި އިސްރޯލެއް އަދާކުރާކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރު ކުރެވޭނީ ތިމާވެށީގެ މުއްސަނިދކަން އިތުރުކޮށް ހިމާޔަތްކޮށްގެން ކަމަށެވެ. އެހެންކަމުން ޖުމްލަކޮށް، ނަތީޖާ ނެރުމަށް މި ބަދަލުން ފަސޭހަވާނެކަމަށް ވިދާޅުވި އެވެ.

