ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލައިގައި، ޖަވާބުދާރީވުމަށް އިހުސާނަށް އެއްގަޑިއިރު!

ރައްޔިތުންގެ މަޖިލިސް ކޮމިޓީއެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރުކަމުގެ މަގާމުން އަލީ އިހުސާން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމަށް އެއްގަޑިއިރު ދިނުމަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއި އެކު މި މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ މައިގަނޑު ތިންކަމެއް ފާހަގަކޮށެވެ. އެގޮތުން އިހުސާންގެ ފަރާތުން މިދިޔަ އަހަރެއްގެ ތެރޭގައި މިނިސްޓަރެއްގެ ފަރާތުން ފެނިގެން ނުވާނެ އެތައް އަމަލެއް ފެނިފައިވާކަމަށް މައްސަލައިގައި ވެއެވެ.

އިހުސާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި އިތުރަށް ވަނީ:
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން
ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުން
ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސް އަޅާފައިވުން
އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސް ބޭނުންކޮށް، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން

މި މައްސަލަ ހުށަހެޅީ ޑީއެންއާރުގެ ތެރޭގައި ޕީއެންސީގެ މެމްބާޝިޕް ފޯމު ފުރުމުގެ މަސައްކަތް ދިޔައިރު އެތަނުގައި އިހުސާން ވެސް ހާޒިރުވެ ހުރި ފޮޓޯއެއް އާންމުވެފައި ވަނިކޮށެވެ.

މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި، ނިންމާފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދޭ ވަގުތުގެ ދެ ގަޑިއިރުން އެއް ގަޑިއިރު ޖަވާބުދާރީވާ ގޮތަށް ހަމަޖެއްސުމަށެވެ. އަދި ބާކީ އޮތް އެއްގަޑިއިރު ހާއްސަކޮށްފައި ވަނީ މެމްބަރުންގެ ސުވާލާއި ބަހުސަށް ޖާގަ ދިނުމަށެވެ.

ސުވާލު ކުރުމުގެ ބަޔަށް އެއް ގަޑިއިރު ހަމަޖެއްސުމުން އެކަމަށް އެމްޑީޕީގެ މެމްބަރުން ކަންބޮޑުވުންފާޅު ކުރި އެވެ. އެކަމަކު ރައްދުގައި ޕީއެންސީގެ މެމްބަރުން ވިދާޅުވީ އިތުބާރު ނެތްކަމަށް ވައްދާފައި ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށްކަމަށް ވާތީ ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: