ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރަށްވެހިންގެ ނާދީން ރަމްޒުކޮށްދެނީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ޢާއިލީ ގުޅުންތަކާއި އުޚުއްވަތްތެރިކަމުގެ ރީތި ސިފަތައް: ޝިހާމް

އިޖުތިމާއީ އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރަށްވެހިންގެ ނާދީން ރަމްޒުކޮށް ދެނީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ޢާއިލީ ގުޅުންތަކާއި އުޚުއްވަތްތެރިކަމުގެ ރީތި ސިފަތައްކަމަށް އިޖުތިމާއީ އާއިލީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

”އިސްރަށްވެހިންގެ ނާދީ“ ގެ ނަމުގައި ހުޅުވި ފުރަތަމަ އިޖްތިމާޢީ މަރުކަޒަށް އެއް އަހަރު ފުރުނު ދުވަހުގެ މުނާސަބާގައި މިނިސްޓަރ ޝިހާމް ވިދާޅުވީ ދިވެހި މުޖުތަމަޢަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުވެފައިވާ އެ ފަރާތްތައް ޝާމިލުވާހެން އެންމެނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައިވާ، ކުޑަކުދިންނަށް އަޅާލާ، ބޮޑެތި މީހުންނަށް އިޚްތިރާމްކުރާ، އަންހެނުން އިސް ސަފުގައި ކުރިއަށް ދިއުމުގެ ފުރުސަތު ތަނަވަސްވެފައިވާ، އިސްރަށްވެހިންގެ އަގުވަޒަންކުރާ، ޤަދަރުވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅޭ ޢާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ އޯގާތެރި މުޖުތަމަޢަކަށް ވެގެންދިއުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށެވެ.

އިސްރަށްވެހިންނަކީ، ކަންކަމުގައި ޝާމިލުވެއުޅޭ ބައެއްކަން ކަށަވަރުކުރުމާއި އެކު އެ ފަރާތްތަކަކީ ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި ރައްކާތެރިކަމާއި، އާއިލީ ގުޅުންތަކުގެ ހިތްހަމަޖެހުން ލިބިގެން އުފާވެރިކަމާއެކު އުޅޭ ބަޔެއްކަން ކަށަވަރުކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއް، އޭގެ ތެރޭގައި ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއި، ހިންގޭ ޕްރޮގްރާމުތަކަކީ ރައީސް މުޢިއްޒުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، ކުރެވޭ ކަންކަން ކަމަށެވެ. އަދި މި ވިސްނުންފުޅާއި އެއްގޮތަށް ކުރެވޭ ކަންކަމުގެ ތެރެއިން މުޖުތަމުގެ މެދުގައި، އޯގާތެރިކަމާއި، އަޅާލުމާއި، އެހީތެރިވެދިނުމާއި، އެންމެން ޝާމިލުކުރުމުގެ ސިފަތައް ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝިހާމް ވިދާޅުވީ އިސްރަށްވެހިންގެ ނާދީއަށް ނަޒަރު ހިންގާލި ނަމަވެސް، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ޢާއިލީ ގުޅުންތަކާއި އުޚުއްވަތްތެރިކަމުގެ ރީތި ސިފަތައް ރަމްޒުކޮށްދޭ ކަަމަށެވެ. އަދި މިއަދު އިސްރަށްވެހިންގެ ނާދީއަކީ، ހަމައެކަނި މަރުކަޒެއް ނޫން ކަމަށާއި އެއީ މިތަނުން ޚިދުމަތް ހޯދާ، އެތަނަށް ޒިޔާރަތްކުރާ މީހުންގެ މައްޗަށް އެކުލެވިފައިވާ ޢާއިލާއެއް ކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ. ދިވެހިންނަކީ ޢާއިލީ ގުޅުންތަކަށް ވަރަށް އަހައްމިއްޔަތުކަން ދޭ ބައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”ބައްޕައިންނާއި ކާފައިން، މަންމައިންނާއި މާމައިން ދައްކަވާފައި ހުރި ވާހަކަތަކުން އެނގޭ ގޮތުގައި، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް ޢާއިލީ ގުޅުމަކީ ވަރަށް ބަދަހި ގުޅުމެއް. އެއް ގެއެއްގައި އެތައް ޖީލެއްގެ މީހުން ދިރިއުޅުނު. ކާފަ ދަރިންނާއި މާމަ ދަރިން ބަލައި ބޮޑުކުރުމުގައި މުޅި ޢާއިލާގެ އެންމެން ބައިވެރިވި. ރަށުތެރޭގައި ދިރިއުޅެމުން އައިސްފައިވަނީ އެކަކު އަނެކަކަށް އެހީތެރިވެ އަޅާލައިގެން، ނުހަނު އެކުވެރިކަމާ އެކު.“

، ދިވެހިންގެ ތެރޭގައި އޮތް ޢާއިލީ ގުޅުންތަކުގެ ރީތި އާދަ، ޒަމާނާ އެކު އައިސްފައިވާ ބަދަލުތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާ ގުޅިގެން ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާކަން ފާހަގަކުރެވޭ ކަމަށް ޝިހާމް ވިދާޅުވިއެވެ.  ތަފާތު އެކި ސަބަބުތަކާ ހުރެ ހިޖުރަކުރަން ޖެހުމާއި، މަސައްކަތުގެ ގަޑި ދިގުވުމާއި، ޓެކްނޮލޮޖީގެ ބޭނުން އިތުރުވުމާ އެކު، މީހުންގެ މެދުގައި ސީދާ ބައްދަލުވެ މުޢާމަލާތުކުރުން މިވަނީ އިހަށްވުރެ މަދުވެފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  މިކަންކަމުގެ ސަބަބުން ޢާއިލީ ގުޅުންތަކަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައިވާ ކަމަށާއި ވަކިން ޚާއްޞަކޮށް، ޢާއިލާގެ ތެރޭގައި ތިއްބަވާ ދޮށީ އުމުރުގެ މީހުންނަށް ދޭންޖެހޭ ސަމާލުކަމާއި، ބަހައްޓަންޖެހޭ ގާތް ގުޅުންތަކަށް އެކަމުގެ އަސަރު ފޯރަމުންދާކަން ފާހަގަކުރެވޭ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: