ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ޤައުމު މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ޙަޤީޤީ މޭސްތިރިންނަކީ އިސްރަށްވެހިން: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޤައުމު މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ޙަޤީޤީ މޭސްތިރިންނަކީ އިސްރަށްވެހިންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ އިސްރަށްވެހިންނަކީ، ހަމައެކަނި ޢުމުރުން ދުވަސްވީ މީހުންގެ ގޮތުގައި ދުށުމުގެ ބަދަލުގައި އެމީހުންނަކީ، އެ މީހުންގެ ޅަދުވަހާއި ޒުވާން ޢުމުރު ދަތި ޙާލުގައި ހޭދަކުރައްވައިގެން، މިއަދުގެ އުފަލަށްޓަކައި ޖާނާއި ފުރާނައިން ޤުރުބާންވި އިޚުލާސްތެރީންގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި އިސްރަށްވެހިންގެ ޤުރުބާނީއަށްޓަކައި އިސްރަށްވެހިންނަށް ޙުރުމަތް އަދާކުރުމުގައި އަދުގެ ޖީލު ވަނީ ދަރަނިވެރިވެފައިކަމުގައި ސާޖިދާ ވިދާޅުވިއެވެ.

ޤައުމެއްގެ ހައިބަތު އިތުރުކުރުމަށްޓަކައި އެ ޤައުމެއްގެ އިސްރަށްވެހިން މުހިންމުކަން ފާހަގަގަކުރައްވައި، މި ރަސްމިއްޔާތުގައި އިސްރަށްވެހިންގެ އަރިހުން ސާޖިދާ އިލްތިމާސްކުރެއްވީ، އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށްދެއްވުމަށެވެ.

މީގެއިތުރުން އިސްރަށްވެހިންގެ ޢިލްމާއި ތަޖުރިބާއިން ދަރުސް ލިބިގަތުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި އިސްރަށްވެހިންގެ ކިބައިން ޢިލްމީ، ފިކުރީ އަދި ހުނަރުގެ މަންފާ ލިބިގަތުމަށް ސާޖިދާ ވަނީ ޒުވާނުންނަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި، އިސްރަށްވެހިންގެ ނާދީގެ ލޯގޯ އާއި ނާދީގެ މެންބަރުންގެ ކާޑުވެސް އިފްތިތާޙުކުރައްވާފައިވެއެވެ.

މާލޭގައި ހުޅުވާފައިވާ އިސްރަށްވެހިންގެ ނާދީއަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަމަށްވާ، އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ބިނާކުރެއްވި ފުރަތަމަ މަރުކަޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: